Ads by Aqeeqa Maldives

ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އިމާރާތް ހަލާކުވެ މަސައްކަތްތައް އޮންލައިންކޮށް ކުރާގޮތައް ހަމަޖައްސައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އިމާރާތް ހަލާކުވެ މަސައްކަތްތައް އޮންލައިންކޮށް ކުރާގޮތައް ހަމަޖައްސައިފި

އިންފޮމޭޝަން ކޮމިިޝަނަރުގެ އޮފީސް. ފޮޓޯ: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 މޭ 2025، 07:41

19 މޭ 2025، 07:41

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިންގަމުންދާ އިމާރާތް ބާވެ ހަލާކުވެ ބޭނުންނުކުރެވޭވަރުވުމުން އެެއޮފީހުގެ މަސައްކަތްތައް އޮންލައިންކޮށް ކުރެވޭ ގޮތައް ބަދަލުކޮށްފިއެވެ. 

އެ އޮފީހުން ނެރެފައިވާ ޚާއްސަ ދެންނެވުމެއްގައި ބުނެފައިވަނީ، އެ އޮފީސް ހިންްގަމުންދާ އިމާރާތުގެ ޙާލަތު ހުރި ގޮތުން އޮފީހުގައި މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް މިވަގުުތު ނެތުމުގެ ސަބަބުން، 20 މެއި 2025ން ފެށިގެން އެެ އޮފީހުގެ މަސައްކަތްތައް ހިނގަމުންދާނީ އޮންލައިންކޮށް ކަމަށެވެ.

މީގެއިތުރުން އޮފީހުގެ ކަމަކާއި ގުޅޭ ގޮތުން މަޢުލޫމާތެއް ބޭނުންވާނަމަ 3010990 އަކަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށް އެ އޮފީހުން ބުނެފައިވެއެވެ.  

އެ އޮފީސް ހިންގަމުންދަނީ މާލޭގެ ގ. ބިއްލޫރިޖެހިގޭގެ ތިރީގެ އިރުމަތީބައިގަކުގައެވެ. އެއީ 70 އަށްްވުރެ ގިނަ އަހަރުވެފައިވާ އިމާރާތެކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS