ދުނިޔެ

ޕާކިސްތާނުގެ ހަލަބޮލި ހުޅަނގު ދެކުނު ސަރަހައްދުގައި ކާރު ބޮމެއް ގޮއްވާލައިފި

ޕާކިސްތާނުގެ ހަލަބޮލި ހުޅަނގު ދެކުނު ސަރަހައްދުގައި ކާރު ބޮމެއް ގޮއްވާލައިފި

ޕާކިސްތާނުގައި ބޮމުގެ ހަމަލާ ދިން ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 މޭ 2025، 10:23

19 މޭ 2025، 10:23

ޕާކިސްތާނުގެ ހަލަބޮލި ހުޅަނގު ދެކުނު ސަރަހައްދުގައި ކާރު ބޮމެއް ގޮއްވާލައިފިއެވެ.

ޕާކިސްތާނުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައިވަނީ ޕާކިސްތާނުގެ ހަލަބޮލި ހުޅަނގު ދެކުނުގެ މާރުކޭޓެއް ކައިރިން ކާރު ބޮމެއް ގޮއްވާލައި ހަތަރު މީހަކު މަރުވެ 20 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. 

މި ބޮމުގެ ހަމަލާދީފައިވަނީ ބަލޫޗިސްތާން ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ޤިއްލާ އަބްދުﷲގެ މާރުކޭޓެއް ކައިރިން ކަމަށް ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެެއެވެ. އަފްޣާނިސްތާނާ އިންވެގެން އޮންނަ ޕްރޮވިންސްގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ހިންގާ އަނިޔާވެރިކަމުގެ މައްސަލަތައް އާންމުކޮށް ކުރިމަތިވެ އެވެ.

ހުކުރު ދުވަހުގެ ރޭ ހިނގި މިހާދިސާގައި ގޮވުމުގެ ސަބަބުން ބައެއް ފިހާރަތަކަށާއި ޕެރަމިލިޓަރީ ފޯސްތައް ދިރިއުޅޭ އިމާރާތެއްގެ ބޭރު ފާރަށް ގެއްލުން ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ހަމަލާގެ ޒިންމާ އަދިއެއް އެއްވެސް ޖަމާއަތަކުން ނަގައިފައެއް ނުވެއެވެ.

ބަލޫޗިސްތާން ސަރުކާރުގެ ތަރުޖަމާނަކު ވަނީ މިހަމަލާ ކުށްވެރިކޮށް ތަހުޤީޤު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ލޯކަލް ސެކިއުރިޓީ އޮފިޝަލް ޣުލާބް ޚާން އޭއެފްޕީގެ ނޫސް އެޖެންސީއަށް ވިދާޅުވީ ޕާކުކޮށްފައި އޮތް ކާރެއްގައި އިމްޕްރޮވައިޒްޑް އެކްސްޕްލޮސިވް ޑިވައިސް (އައިއީޑީ) އެއް ކަމަށާއި އެކަމުން ދޭހަވަނީ އަމާޒަކީ ޕެރަމިލިޓަރީ ސައިޓް ނަމަވެސް ހަމަލާ ނާކާމިޔާބުވެފައިވާ ކަމަށް ބުނެފައިވެއެވެ.

ހީވަނީ އައިއީޑީ ގަސްތުކުރާ މަންޒިލަށް ދިއުމުގެ ކުރިން ގޮވީހެން މަރާލާފައިވާ ހުރިހާ މީހުންނަކީ މަގުމަތިން ދަތުރުކުރާ އާންމުން.  

އޮފިޝަލް ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS