ދުނިޔެ

ޖެނީންގެ ރެފިޔުޖީ ކޭމްޕަށް ޒިޔާރަތްކުރި ބައިނަލްއަޤްވާމީ ވަފުދައް އަމާޒުކޮށް އިޒްރާއިލުން ބަޑިޖަހައިފި

ޖެނީންގެ ރެފިޔުޖީ ކޭމްޕަށް ޒިޔާރަތްކުރި ބައިނަލްއަޤްވާމީ ވަފުދައް އަމާޒުކޮށް އިޒްރާއިލުން ބަޑިޖަހައިފި

އިޒްރާއިލް ސިފައިންތަކެއް ބަޑި ހިފައިގެން ޖެނީންގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 މޭ 2025، 06:17

21 މޭ 2025، 06:17

ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން އިޒްރާއީލުގެ އަސްކަރިއްޔާއިން ވަރުގަދައަށް ޙިޞާރުކޮށްފައި އޮތް ޖެނިން ރެފިއުޖީ ކޭމްޕަށް ޒިޔާރަތްކުރާ ބައިނަލްއަޤްވާމީ ވަފުދަކަށް އަމާޒުކޮށް އިޒްރާއީލު ސިފައިން ބަޑިޖަހައިފި އެވެ.

އިޒްރާއިލް ސިފައިންގެ ބަޑީގެ ހަމަލާދިން ބައިނަލްއަޤްވާމީ ވަފުދުގެ ތެރޭގައި އީޔޫ އަދި ޢަރަބި ސަފީރުންނާއި ޑިޕްލޮމެޓުން ހިމެނެއެވެ. އިޒްރާއިލުން އެވަފުދަށް އަމާޒުކޮށް ބަޑިޖަހާފައިވަނީ ޖެނީން ކޭމްޕްގެ އިރުމަތީ ދޮރުމަތީގައި ހުރި ގޭޓެއް ކައިރިން ކަމަށް ފަލަސްތީނުގެ އިންފޮމޭޝަން ސެންޓަރުން ބުނެފައިވެއެވެ. 

ވަފާ ނޫސް އެޖެންސީން ބުނެފައިވާ ގޮތުގައި ޔޫރަޕާއި ޢަރަބި ގިނަ ޤައުމުތަކުގެ އޮފިޝަލުން އެކުލެވޭ ވަފުދާ ދިމާއަށް އިޒްރާއިލް ސިފައިން ފަސް ވަޒަން ޖަހާފައިވެ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.

ނޫސްވެރިންގެ ގްރޫޕަކާއެކު އެ ވަފުދު ޖެނިންއަށް ދަތުރުކޮށްފައި ވަނީ ކޭމްޕްގެ ހާލަތު ބަލައި، ކޭމްޕްގެ ގަވަރުނަރާ މަޝްވަރާތަކެއް ކުރުމަށް ކަމަށް ވަފާ އިން ބުނެފައިވެއެވެ. 

އިޒްރާއިލުން އީޔޫގެ މެމްބަރުން ހިމެނޭ ވަފުދައް ހަމަލާދީފައި މިވަނީ އިއްޔެ ފްރާންސާއި ކެނެޑާ އަދި އިނގިރޭސިވިލާތުން އިޒްރާއިލާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުދީ އިނގިރޭސި ވިލާތުން ބައެއް ފިޔަވަޅުތައް އަޅަން ފަށައިފައިވާ ދަނޑިވަޅެއްގައެެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS