Ads by Aqeeqa Maldives

ޚަބަރު

ފަޤީރުން މަދުކުރުމަށް ސަރުކާރާއި އެމްއައިބީ ގުޅިގެން މަސައްކަތް ފަށައިފި

ފަޤީރުން މަދުކުރުމަށް ސަރުކާރާއި އެމްއައިބީ ގުޅިގެން މަސައްކަތް ފަށައިފި

އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެމްއައިބީ ގުޅިގެން ބޭއްވި ބައްދަލުވުން ފޮޓޯ:ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 މޭ 2025، 12:23

22 މޭ 2025، 12:23

ދިވެހިރާއްޖޭގައި ފަޤީރުކަން މަދުކުރުމަށްޓަކައި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގުޅިގެން މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ މަޝްވަރާތައް ފެށުމަށްޓަކައި އެމްއައިބީގެ އިސް މުއައްސިސުންނާއި އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ބައްދަލުކުރައްވާފައެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވުނު މި ބައްދަލުވުމުގައި، ފުދުންތެރިކަން ދަށް ޢާއިލާތަކަށް އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މި ޕްރޮގްރާމުގެ ދަށުން އާމްދަނީ އިތުރުކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކުރުން، އަސާސީ ޚިދުމަތްތަކަށް ވާޞިލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން، އަދި އާމްދަނީ ހޯދޭނެ މަސައްކަތްތައް ދަސްކޮށްދީ، ވަސީލަތްތައް ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.




މޯލްޑިވްސް އިސްލާމިކް ބޭންކުން ވިދާޅިދާޅުވެފައިވަނީ މިއީ ދިވެހި މުޖުތަމަޢުގައި ތިބި އެންމެ ނިކަމެތި ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމެއްކަމުގައެވެ. އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއެކު މި މަސައްކަތް ކުރުމަކީ ނިކަމެތި އަދި ނާޒުކު ޙާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޙާލަތު ބަދަލުކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމެއްގެ ގޮތުގައި އެމްއައިބީން ވަނީ ފާހަގަކޮށްފައެވެ.


މީގެ އިތުރުން، މާލީ ފުދުންތެރިކަން ނެތް މީހުންނަށް އެހީވުމަށް ސަރުކާރުން ގެންދަނީ އެހެނިހެން މަސައްކަތްތަކެއްވެސް ކުރައްވަމުންނެވެ. މީގެ ތެރޭގައި މާލީ ފުދުންތެރިކަން ނެތް މީހުންނަށް ތަޢުލީމް ހާސިލް ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ދިނުމާއި، ފަޤީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ވަކި އަދަދެއްގެ މީހުން ކޮންމެ އަހަރަކުވެސް ޙައްޖަށް ގެންދިއުން ހިމެނެއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS