ޚަބަރު
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިވަޕޫލް އެފްސީއާއެކު މަޝްވަރާކޮށްފި

ޓުއަރިޒަމް މިނިސްޓްރީން ލިވަޕޫލް އެފްސީއާއެކު މަޝްވަރާކުރުން: ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

ފަރުދުން
22 މޭ 2025، 01:01
22 މޭ 2025، 01:01
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ލިވަޕޫލް އެފްސީއާއެކު މަޝްވަރާކޮށްފިއެވެ.
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤް އިބްރާހިމް ލިވަޕޫލް ފުޓްބޯޅަ ކްލަބުގެ ވަފުދަކާ ބައްދަލުކުރައްވައި، ކުރިއަށް އޮތް ސީޒަނުގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އެގޮތުން ލިވަޕޫލް އެފްސީއާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކޮށް، އެ ކްލަބުގެ މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ލިވަޕޫލް އެފްސީގެ 'ދަ ރެޑް ވޭ' އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ.
Minister @Thoriqibrahim met with the Liverpool FC Senior Delegation visiting Maldives.
— Ministry of Tourism and Environment (@MoTmv) May 22, 2025
Discussions centered around exploring further areas for collaboration in tourism promotion and leveraging Liverpool FC’s social impact program ‘The Red Way’ to promote sustainability… pic.twitter.com/KzLhi1tqIJ
ބައްދަލުވުމަށްފަހު މިނިސްޓަރ ވިދާޅުވީ، "ލިވަޕޫލް އެފްސީގެ ވަފުދާއެކު ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު. ކުރިއަށް އޮތް ސީޒަނުގައި އަޅުގަނޑުމެން ގުޅިގެން ކުރާނެ މަސައްކަތްތަކާ ބެހޭގޮތުން ވަރަށްފުޅާކޮށް މަޝްވަރާކުރެވުނު އަދި އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހުނު."