Ads by Stelco

ޚަބަރު

އެމްބީއެސް އޮރެންޖް ހިޔާއަށް ބަދަލުކުރުމަކީ ރައީސްގެ ޚާއްޞަ ޕްރޮޖެކްޓެއް: ވަޒީރު ނާޒިމް

އެމްބީއެސް އޮރެންޖް ހިޔާއަށް ބަދަލުކުރުމަކީ ރައީސްގެ ޚާއްޞަ ޕްރޮޖެކްޓެއް: ވަޒީރު ނާޒިމް

އޮރެންޖް ހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

25 މޭ 2025، 11:03

25 މޭ 2025، 11:03

މޯލްޑިވްސް ބްލަޑް ސަރވިސްގެ ޚިދުމަތާއި ތެލަސީމިއާ ސެންޓަރު އޮރެންޖު ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ޕްރޮޖެކްޓެއް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމްބީއެސްގެ ޚިދުމަތާއި، ތެލެސީމިއާ ސެންޓަރ އޮރެންޖު ހިޔާއަށް ބަދަލުކުރުން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހި ސިފައިންނާއި ޙަވާލުކުރެވި، މަސައްކަތް ލަސްވުމެއްނެތި، ވަރަށް ފުރިހަމައަށް ނިންމާލެވިފައިވާ ކަމަށެވެ.

އެގޮތުން ތެލިސީމިޔާ ބައްޔަށް ފަރުވާ ކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް މި ފަހުގެ ތާރީޚެއްގައި ސަރުކާރުގެ މައިގަނޑު ސިޔާސަތެއްގެ ގޮތުގައި މެނިފެސްޓޯގައި އެވާހަކަ ލިޔެވިގެން މަސައްކަތް ކުރަންފެށި ފުރަތަމަކަ ސަރުކާރަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ނާޒިމް ވަނީ ޢެހެނިހެން ކަންތައްތަކެކޭ އެއްފަދައިން ތެލެސީމިއާ ބަލީގެ ފަރުވާގަ ޙާޞިލް ކުރަންޖެހިފައިވާ ކަންތައްތައްވެސް ގިނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ކަޑައްތު ކުރަންޖެހިފައިވާ މަރުޙަލާތައް ގިނަ ނަމަވެސް ހޯދިފައިވާ ގިނަ ގުނަ ކުރިއެރުންތަކެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS