Ads by Exprox

ޚަބަރު

ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރަނީ

ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރަނީ

ވެހިކަލް ޗާޖިންގ ސްޓޭޝަންގެ ކުރެހުމެއް- ފޮޓޯ: ސްޓެލްކޯ

farudhun logo

ފަރުދުން

26 އޯގަސްޓު 2024، 04:20

26 އޯގަސްޓު 2024، 04:20

ހުލާސާ

  • ފަހުމީ ވިދާޅުވީ އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން ތައްޔާރުކުރާ ސްޓޭޝަން ޤާއިމް ކުރުމަށް ނިންމާފައިވަނީ ސްޓެލްކޯގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި ކަމަށެވެ. 


ސްޓެލްކޯއިން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް ނިންމައިފިއެވެ. 

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން ކާރބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި، ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއެކު، ތިމާވެށްޓާ ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެ، އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި، މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށާއި މި ސްޓޭޝަން ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. 

ފަހުމީ ވިދާޅުވީ އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން ތައްޔާރުކުރާ ސްޓޭޝަން ޤާއިމް ކުރުމަށް ނިންމާފައިވަނީ ސްޓެލްކޯގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި ކަމަށެވެ. 



ފަހުމީގެ ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ މި ކަމުގައި ސިޓީކައުންސިލާއި މަޝްވަރާކުރެވި، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ލިބިފައިވާކަމަށާއި މި ޗާޖިންގ ސްޓޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާއިރު، ވަރަށް އަވަސް މުސްތަޤުބަލެއްގައި ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފޮރުޅުލީ އުޅަނދުތައްވެސް ޗާޖްކުރެވޭ ގޮތަށް ހަދާ މި ސްޓޭޝަންގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by Stelco