Ads by Stelco

ޚަބަރު

މާފުށީގައި 1.6 މެގަވޮޓްގެ ކެޓަޕިލަރ ޖަނަރޭޓަރުސެޓް ބޭނުންކުރަން ފަށައިފި

މާފުށީގައި 1.6 މެގަވޮޓްގެ ކެޓަޕިލަރ ޖަނަރޭޓަރުސެޓް ބޭނުންކުރަން ފަށައިފި

ފޮޓޯ: ސްޓެލްކޯ

01 ޖޫން 2025، 11:18

ކ. މާފުށީގައިކ1.6 މެގަވޮޓްގެ ކެޓަޕިލަރ ޖަނަރޭޓަރުސެޓް ބޭނުންކުރަން ފަށާފައިވާކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ސޯޝަލްމީޑީއާގައި ހިއްސާ ކުރެއްވިި ޕޯސްޓެއްގައި ވިދާޅުވީ ކ. މާފުށީގައި އެކުންފުނިން ދެމުންގެންދާ ކަރަންޓުގެ ހިދުމަތް މެދުނުކެނޑި އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުުންނަށް ފޯރުކޮށްދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މާފުށީގެ 1.6 މެގަވޮޓްގެ ކެޓަޕިލަރ ޖަނަރޭޓަރުސެޓްގެ އޯވަރހޯލް ނިންމާ މިހާރު ބޭނުން ކުރަން ފަށާފައިވާކަމަށެވެ.



އެއްވެސް ދަތިކަމެއް ނެތި ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރައްވަމުންނެވެ. އެގޮތުން އަތޮޅުތެރޭގެ ރައްތަކުގެ ކަރަންޓުގެ މައްސަލަތައް  ހައްލުކުރުމަށްޓަކައި، އެކި ރަށްރަށުގައި އައު ޖަނަރޭޓަރު ސެޓު އިންސްޓޯލްކޮށް، ބޭނުންކުރަން ވަނީ ފަށައިފިއެވެ. މީގެ އިތުރުން މި އަހަރުގެ ޕީކް ސީޒަނަށާއި، ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގްރޭޓާމާލެ ސަރަހައްދުގެ ޕަވަރ ސެކިއުރިޓީގެ ބެކަޕްގެ ގޮތުގައި ގްރިޑަށް 12 ޖަނަރޭޓަރުސެޓް ސްޓެލްކޯއިން ވަނީ އިތުރުކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS