ވިޔަފާރި / ޚަބަރު

ހުޅުމާލޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރިޔަށްގެންދާ ޕްރޮގްރާމްގެ ދެވަނަ މަޝްރޫއު އިފްތިތާހުކޮށްފި

ހުޅުމާލޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރިޔަށްގެންދާ ޕްރޮގްރާމްގެ ދެވަނަ މަޝްރޫއު އިފްތިތާހުކޮށްފި

2021ގައި އޮތް އާރބަން ފާރމިން ޕްރޮޖެކްޓުގެ ތެރެއިން، ފޮޓޯ: އެޗްޑީސީ

farudhun logo

ފަރުދުން

03 ޖޫން 2025، 08:39

03 ޖޫން 2025، 08:39

ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ އާރބަން ފާމިންގެ ދެވަނަ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ މިއަދު އިފްތިތާހުކޮށްފިއެވެ. 

މި ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި އިފްތިތާޙުކޮށްދެއްވީ އެގްރިކަލްޗާ މިނިސްޓަރ ޑރ. މަރިޔަމް މާރިޔާއެވެ. 

މި މަޝްރޫއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއުކެވެ. އަދި މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ، ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ޓްރެއިނިންގް ދިނުމުގެ އިތުރުން އެމީހުން ހައްދާ ބާވަތްތައް ވިއްކައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގުފަހިކޮށްދިނުންކަމަށް ހައުންސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ހާމަކޮށްފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް ވެސް ހުޅުވާލާފައިވާކަމަށް އެޗްޑީސީއިން ހާމަކުރެއެވެ. ހުޅުމާލޭގައި ދަނޑުވެރިން އިތުރުކުރުމަށް ހިންގޭ ދެވަނަ މަޝްރޫގެ ދަށުން 84 ދަނޑުވެރިން ތަމްރީނުކޮށް އެމީހުންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

އަދި މިއަދު އިފްތިތާހުކުރެވުނު މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ސްލޮޓް ވަނީ ދޫކޮށްފައެވެ. މި ސްލޮޓުތައް ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލް ގާއިމްކޮށްފައިވާއިރު މި ސްޓޯލްތަކުގެ ބޭނުމަކީ ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުމެވެ. 

އާބަން ފާމިންގް މަޝްރޫއަކީ ހުޅުމާލޭގެ ނެއިބަރހުޑްތަކުގައި ގަސް ހެއްދުމަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅިގެން ދިއަ މުހިއްމު ފިޔަވަޅެކެވެ. މި ކުންފުނީގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުމެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS