Ads by Stelco

ޚަބަރު

އާބަން ފާމިންގެ ދެވަނަ މަޝްރޫޢު އިފްތިތާޙްކޮށްފި

އާބަން ފާމިންގެ ދެވަނަ މަޝްރޫޢު އިފްތިތާޙްކޮށްފި

އާބަން ފާމިންގެ ދެވަނަ މަޝްރޫއު ފެށުމުގެ ތެރެއިން

04 ޖޫން 2025، 12:29

ދަނޑުވެރިކަން ކުރިއެރުވުމަށް ކުރިއަށްގެންދާ އާބަން ފާމިންގެ ދެވަނަ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.  މިއީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މިކަމަށްޓަކައި ހުޅުމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އާބަން ފާމިންގ 2 ގެ ޕްލާޒާ ހުޅުއްވައިދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އެވެ.

މި މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ސްލޮޓް ވަނީ ދޫކޮށްފައެވެ. މި ސްލޮޓުތައް ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލް ގާއިމްކޮށްފައިވާއިރު މި ސްޓޯލްތަކުގެ ބޭނުމަކީ ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުން ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.  އެޗްޑީސީން ވިދާޅުވީީ އާބަން ފާމިންގް މަޝްރޫއަކީ ހުޅުމާލޭގެ އެކި ހިސާބުތަކުގައި ގަސް ހެއްދުމަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ މަގްސަދަކީ މި މަޝްރޫއު މެދުވެރިކޮށް އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުން ކަަމަށްވެސް ވިދާޅުވިއެވެ. 

ޖަޕާންގެ ހިލޭ އެހީގައި ޔޫ.އެން.ޑީ.ޕީ އާއި އެޗްޑީސީއާ ގުޅިގެން ހިންގާ "ކޮމިއުނިޓީ އަރބަން ފާމިންގ" މަޝްރޫއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއުކެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS