Ads by Stelco

ޚަބަރު

ހުޅުމާލޭގައި ޢީދު ކުޅިވަރު ފެށުމުގެ ގޮތުން ވެދުމާއި ދިޔުން އަދި ޢީދު ހުޅު ރޯކުރުން ޢީދުވިލޭރޭ

ހުޅުމާލޭގައި ޢީދު ކުޅިވަރު ފެށުމުގެ ގޮތުން ވެދުމާއި ދިޔުން އަދި ޢީދު ހުޅު ރޯކުރުން ޢީދުވިލޭރޭ

ހުޅުމާލޭގައި ކުލަގަދަކޮށް ޢިދު ފާހަގަކުރަން އެޗްޑީސީން ވަނީ ނިންމާފަ

04 ޖޫން 2025، 02:18

ހުޅުމާލޭގައި ޢީދު ކުޅިވަރު ފެށުމުގެ ގޮތުން ވެދުމާއި ދިޔުން އަދި ޢީދު ހުޅު ރޯކުރުން ޢީދުވިލޭރޭގައި ކުރިއަށް ގެންދިއުމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ވިދާޅުވީ 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ވެދުމާއި ދިޔުން، ޢީދު ހުޅު އަދި ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތައް 5 މެއި 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދާނެކަމަށެވެ. މި ހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ހުޅުމާލޭ ފޭސް 1ގެ ރުއްގަނޑު 1ން ހުޅުމާލޭ ފޭސް 2ގެ ބީޗަށެވެ. ކުޅިވަރުތަައް ފެށުމަށް ހަމަޖެހިފައިވަނީ އެރޭގެ 20:00ގައެވެ. ކުޅިވަރުތައް ނިމޭނީ ފޭސް2 ގެ ބީޗުން 21:00ގައި ކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ. 



މީގެ އިތުރުންވެސް ހުޅުމާލޭގައި ޢީދު ފާހަގަ ކުރުމުގެ ގޮތުން އެޗްޑީސީން ގިނަ ކުޅިވަރުތަކެއް ރާވާފައިވެއެވެ. އޭގެ ތެރޭގައި ޖޫން 6-8 އަށް ސެންޓްރަލްޕާކާއި ހިޔާ ޕާކުގައި ކުޑަކުދިންގެ ހަވީރެއް ކުރިއަށްގެންދިއުންފަދަ ކުޅިވަރުތައް ރޭވިފައިވާކަމަށް އެޗްޑީސިން ވިދާޅުވެއެވެ. 

އެހެން އަހަރުތަކޭވެސް އެއްފަދައިން ޢީދު ދުވަހުގެ ހެނދުނު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން ހުޅުމާލޭގެ ދެސަރަޙައްދެއްގައި ކުރިއަށްދާނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެގޮތުން މިއަހަރު ބޮޑު ޖަމާޢަތް އޮންނާނީ  ހުޅުމާލެ 1 – ސިންތެޓިކް ޓްރެކް އަދި ހުޅުމާލެ 2 – H16 ޓަވަރު އުތުރު ފަރާތު ހުސްބިމުގައެވެ. ޢީދު ނަމާދު ފެށެ ގަޑިއަކީ ހެނދުނު 7:00އެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS