ޚަބަރު
ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ %70 ނިމިއްޖެ: އެމްޓީސީސީ

ކ. ގުޅީގެ ބިން ބޮޑުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކަށް އައިސްފައި، ފޮޓޯ: އެމްޓީސީސީ
ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ %70 މަސައްކަތް މިހާތަނަށް ނިމިފައިވާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.
އެގޮތުން މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ބިން ހިއްކުމުގެ މަސައްކަތުގެ %95 ނިމިފައިވާކަމަށް މިދިޔަ މަހު އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ. އަދި މީގެތެރެއިން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ %30 އިއްޔެއާ ހަމައަށް ވަނީ ނިމިފައެވެ.
Project Update: K. Gulhi Land Reclamation & Shore Protection Project
— MTCC Plc (@MTCCPlc) June 11, 2025
Rock boulder revetment work is currently progressing, with 30% completion. Overall project progress stands at 70%
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni… pic.twitter.com/zNUHk5uwsH
މި މަޝްރޫއުގައި ހިމެނެނީ 10.15 ހެކްޓަރުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމަށް 1،390 މީޓަރު ދިގުމިނަށް ބޮޑުހިލައިގެ ރިވެންޓުމެންޓެއް ޖެހުމެވެ.
ގުޅީ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ. އަދި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭ މި މަޝްރޫއު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ.
Pledged by H.E. President Dr. Mohamed Muizzu and officially commenced on April 7, 2025, the K. Gulhi Land Reclamation Project has now reached 95% completion.
— MTCC Plc (@MTCCPlc) May 13, 2025
This transformative project will add 10.15 hectares of new land to K. Gulhi, opening up vital space for housing, public… pic.twitter.com/xXAQt7vmRZ
ކ. ގުޅިއަކީ ބިމުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ރަށެކެވެ. ގޯތި ބޭނުންވާ އެތައް ބަޔަކު އެރަށުގައި ދިރިއުޅޭއިރު، އެންމެ ފަހުން އެރަށުން ބިން ދޫކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ. އެފަހަރު ދޫކޮށްފައިވަނީ 13 ބިމެވެ. އޭގެ ފަހުން ބިން ދޫކޮށްފައިނުވާއިރު، ބޯހިޔާވަހިކަމުގެ މައްސަލަ ގުޅިއަށްވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.