Ads by Stelco

ޚަބަރު

100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢުއާއެކު ސިންގަޕޫރު ބިޒްނަސް ފޯރަމްގައި 3 އެއްބަސްވުމެއް ޤާއިމުކޮށްފި

100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢުއާއެކު ސިންގަޕޫރު ބިޒްނަސް ފޯރަމްގައި 3 އެއްބަސްވުމެއް ޤާއިމުކޮށްފި

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމް އަދި އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ ފޮޓޯ:ޕީއެސްއެމް ޚަބަރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖުލައި 2025، 11:24

01 ޖުލައި 2025، 11:24

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 7 ވަނަ މޯލްޑިވްސް ބިޒްނަސް ފޯރަމްގެ ތެރެއިން ރާއްޖޭގެ ތަރައްޤީއަށް މުހިއްމު 3 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ޚާއްސަ އިޤްތިޞާދީ ސަރަޙައްދު (އެސް.އީ.ޒެޑް) ޤާނޫނުގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢުކަމަށްވާ 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢުވެސް ހިމެނެއެވެ.

ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ މަޢުލޫމާތު ބޭރުގެ އިންވެސްޓަރުންނަށް ދިނުމުގެ މަޤްޞަދުގައި ސިލްސިލާކޮށް ބޭރުގެ ބޮޑެތި ސިޓީތަކުގައި ބާއްވަމުން އަންނަ ބިޒްނަސް ފޯރަމްތަކަކީ ރާއްޖޭގެ އިޤްތިޞާދަށް މުހިއްމު ފުރުސަތުތަކެއް ހޯދައިދޭ ފޯރަމްތަކެކެވެ. މިއީ ރާއްޖެއިން މިހާތަނަށް ބާއްވާފައިވާ 7 ވަނަ ބިޒްނަސް ފޯރަމް ކަމަށްވާއިރު، މި ފޯރަމްގައިވެސް ވަނީ މުހިއްމު 3 ދާއިރާއަކުން އެއްބަސްވުންތަކެއް ޤާއިމުކޮށްފައެވެ.


މި އެއްބަސްވުންތަކުގެ ތެރެއިން ފުރަތަމަ އެއްބަސްވުމަކީ "ސަރވިސް އެގްރިމަންޓް ފޯރ އަ ރެސިޑެންސް ބައި އިންވެސްޓަމަންޓް ޕްރޮގްރާމް" ކުރިއަށްގެންދިޔުމާ ގުޅޭ އެއްބަސްވުމެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި ހެންލޭ އެންޑް ޕާރޓްނަރސްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މިޑްލް އީސްޓްގެ މެނޭޖިންގ ޕާރޓްނާ ފިލިޕް އާމަރަންޓީ އެވެ.

ބިޒްނަސް ފޯރަމްގެ ތެރެއިން ދިވެހި ސަރުކާރާއި ސިންގަރޕޯރިއަން ކޯޕަރޭޝަންއާ ދެމެދުވެސް އެއްބަސްވުމެއް ވަނީ ޤާއިމުކޮށްފައެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. ސިންގަރޕޯރިއަން ކޯޕަރޭޝަން އެންޓަރޕްރައިސްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ އެގްޒެކެޓިވް އޮފިސަރ ޓެލިއަން ޗޫއެވެ.

މީގެއިތުރުން މި ފޯރަމްގައި ވަނީ ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު (އެސް.އީ.ޒެޑް) ޤާނޫނުގެ ދަށުން ކުރިއަށްގެންދިޔުމުގެ ހުއްދަ މިވަގުތު ލިބިފައިވާ ފުރަތަމަ މަޝްރޫޢުކަމުގައިވާ، 100 މެގަވޮޓްގެ ފްލޯޓިންގ ސޯލާ މަޝްރޫޢުގައިވެސް ސޮއިކުރައްވާފައެވެ. މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު، ޠާރިޤް އިބްރާހީމެވެ. މި މަޝްރޫޢުގެ އެއްބަސްވުން އެކުލަވާލާފައިވަނީ އޭޕީއެމް އެސްޕީވީ ޕްރައިވެޓް ލިމިޓެޑާއެކުގައެވެ. އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޖޭމްސް ކޯލޓަރ އީ.ޑީއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޔާދަކުރަނިވި ޙަކަތައިގެ ސިޔާސަތުގެ ދަށުން 2030 އާއި ހަމައަށް ރާއްޖޭގައި ބޭނުންކުރާ އިޔާދަކުރަނިވި ހަކަތަ 33 އިންސައްތައަށް ހެދުމަށް ބޭނުންވާ މުހިއްމު މަޝްރޫޢެކެވެ. އެސް.އީ.ޒެޑް ޤާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫޢުކަމަށްވާ ފްލޯޓިންގ ސޯލާ މަޝްރޫޢުއަށް ހުއްދަދީފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS