Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް ޒިޔާރަތްކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

01 ޖުލައި 2025، 12:16

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ޕްރާނަކަން މިއުޒިއަމަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕްރާނަކަން މިއުޒިއަމަށް ވަޑައިގަތުމާއެކު، އޭޝިއަން ސިވިލައިޒޭޝަންސް މިއުޒިއަމް އަދި ޕްރާނަކަން މިއުޒިއަމްގެ ޑިރެކްޓަރ މިސްޓަރ ކްލެމެންޓް އޯން ވަނީ އެ ކަމަނާއަށް މަރުޙަބާ ދަންނަވާފައެވެ.

ޕްރާނަކަން މިއުޒިއަމުން ވަނީ، އެ މިއުޒިއަމްގެ އާސާރުތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ދައްކަވައިލައްވާފައެވެ. ހަމަ އެހެންމެ، އެ މިއުޒިއަމްގެ އެކިއެކި ކަލެކްޝަންތަކާ ބެހޭ މަޢުލޫމާތު އެ ކަމަނާއާ ހިއްސާ ކުރައްވާފައިވާއިރު، މި މިއުޒިއަމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޕްރާނަކަން ތަރިކައިގެ މައްޗަށް އެކުލެވިފައިވާ އެގްޒިބިޓްތައް ދައްކުވައިދޭ ތަނެކެވެ. އަދި މިތަނަކީ އެބައިމީހުންގެ ތާރީޚާއި އަމިއްލަވަންތަކަމާއި ސަޤާފަތާ ބެހޭ މަޝްވަރާތަކަށް ހުޅުވާލެވިފައިވާ ތަނެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ރައީސްގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ދާއިރާތަކުން އެއްބަސްވުންތަކެއް އެކުލަވާލާނެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS