Ads by Exprox

ޚަބަރު

ބަޣާވާތަކަށް ހިތްވަރުދީ އެކަމަށް ގޮވާލި މައްސަލައެއް ފުލުހުން ތަޙުޤީގު ކުރަން ފަށައިފި

ބަޣާވާތަކަށް ހިތްވަރުދީ އެކަމަށް ގޮވާލި މައްސަލައެއް ފުލުހުން ތަޙުޤީގު ކުރަން ފަށައިފި

ދިވެހި ފުލުހެއް- ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

farudhun logo

ފަރުދުން

27 އޯގަސްޓު 2024، 12:52

27 އޯގަސްޓު 2024، 12:52

ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ކަހަލަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލައި ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ ފުލުހުން އެމައްސަލަ ތަޙުޤީޤުކުރަން ފަށައިފިއެވެ.

ރޭގެ ވަގުތެއްގައި ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ދިވެހި ރައްޔިތުންނަށް ކުއްލި ސިހުމެއް ގެނުވާފަދަ ނިންމުމެއް ނިންމި ވަގުތާއި ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއިބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ހަމަ އެވަގުތު މީސް މީޑިއާގައި ބޮޓް އެކައުންޓުތައް ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށް ގޮވާލާ އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާފައިވާ ކަމަށެވެ. އަދި އެފަރާތްތަކުން ޤައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރު ދީފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.  އަދި މިއީ ޤާނޫނީ ސަރުކާރެއް ޣައިރު ޤާނޫނީކޮށް ބަދަލުކުރުމަށް ކުރެވިގެންދިޔަ ކަމެއްގެ ގޮތުގައި ބެލުމުގެ ޖާގަ އޮތް ކަމަށް ވިދާޅުވެ ފުލުހުން ވަނީ މިމައްސަލަ ބަލަމުންދާކަން ހާމަކުރައްވާފައެވެ.

ދިވެހި ރާއްޖޭގެ މައި ބޭންކު ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ދިވެހި ފައިސާ ކާޑުތަކުން ބޭރުގެ އެއްވެސް މުޢާމަލާތެއް ނުކުރެވޭ ގޮތަށް ނިންމާފައެވެ. ސަރުކާރުން ވަނީ ބީއެމްއެލްގެ މި ނިންމުމަކީ ސަރުކާރުން ދީފައިވާ ލަފާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
 

މި ލިޔުން ކިޔާލުމުން

Ads by Stelco