Ads by Stelco

ޚަބަރު

މި ސަރުކާރު ހަވާލުވިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި އުޅޭ މީހުން ރިމާންޑަށް ނެގޭނެ އެއްވެސް ނިޒާމެއް ނެތް : ލުބްނާ

މި ސަރުކާރު ހަވާލުވިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި އުޅޭ މީހުން ރިމާންޑަށް ނެގޭނެ އެއްވެސް ނިޒާމެއް ނެތް : ލުބްނާ

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބުނާ ޒާހިރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޖުލައި 2025، 12:54

03 ޖުލައި 2025، 12:54

މި ސަރުކާރު އައިއިރު މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑުކުރާނެ އެއްވެސް ނިޒާމެއް ޤާއިމުކުރެވިފައި ނެތްކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވެއްޖެއެވެ.

އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިމާންޑަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަނީ އެ ފަރާތްތަކާއި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. މިއީ ޤާނޫނުގައިވެސް ހިމެނޭ ކަމެއް ކަމަށާއި، ނަމަވެސް މި ސަރުކާރު ހަވާލުވިއިރު މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި އުޅޭ މީހުން ރިމާންޑަށް ނެގޭނެ އެއްވެސް ނިޒާމެއް ޤާއިމުވެފައި ނެތް ކަމަށް ލުބްނާ ފާހަގަކުރެއްވިއެވެ.

ލުބުނާ ވިދާޅުވިގޮތުގައި، ރިމާންޑަށް ނަގާ ފަރާތްތަކަށް ފަރުވާ ދިނުމުގައި އެންޑީއޭއިން ބަލަނީ ރިމާންޑުގެ މުއްދަތު ނިންމައި އެ ފަރާތްތައް ދިގުމުއްދަތުގެ ރިހެބިލިޓޭޝަން ފަރުވާގެ ތެރެއަށް ވެއްދުމަށެވެ.

އެމީހުން ހަމައެކަނި 30 ދުވަސް ނިންމައި އެތަނުން ޗެކައުޓް ވެގެން ދިއުމެއް ނޫނޭ ބޭނުމަކީ. ލޯންގް ޓަރމް ރިހެބިލިޓޭޝަން ފަރުވާގެ ސިސްޓަމް ތެރެއަށް އެ މީހުން ވައްދައި، އެ މީހުންނަށް ރަނގަޅު ފަރުވާއެއް ދީ، އެ މީހުންނަކީ އަޅުގަނޑުމެންގެ މުޖުތަމަޢަށް އަލުން އަނބުރާ ރީއިންޓަގްރޭޓް ވާއިރު ސަކްސަސްފުލީ ރީއިންޓަގްރޭޓް ކުރެވިދާނެ ބައެއްގެ ގޮތުގައި ހެދުމަށް 

ލުބުނާ


އޭނާ ވިދާޅުވިގޮތުގައި، މިހާތަނަށް 269 މީހަކު ރިމާންޑަށް ނަގާފައިވާކަމަށާއި، މީގެ ތެރެއިން %70 މީހުން ރެޒިޑެންޝަލް ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދިފައިވާ ކަމަށެވެ. އެންޑީއޭއިން ރިމާންޑަށް ނަގާ ފަރާތްތަކަށް ވަގުތުން ޑިޓޮކްސިފިކޭޝަން ފަރުވާތައް ފަށާކަމަށާއި، ނަފްސާނީގޮތުން ދޭން ޖެހޭ ފަރުވާތައްވެސް ކުރިއަށްދާ ކަމަށް ލުބްނާ ހާމަކުރެއްވިއެވެ.

އާންމުކޮށް ރިމާންޑަށް ނަގަނީ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކުރަން އުޅޭ މީހުންނެވެ. މީގެ އިތުރުން ކުޑަކުދިން ދިރިއުޅޭ ގޭގޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހަކު އުޅޭނަމަ އެކަން އާއިލާތަކުން ރިޕޯޓުކުރާނަމަ، އެ މީހުންވެސް ރިމާންޑަށް ނަގައެވެ.

ފަރުވާގެ ނިޒާމް ހަރުދަނާކުރުމަށް ހިންމަފުށީގެ ރިހެބިލިޓޭޝަން ސެންޓަރުގައި ހުންނަ ޑިޓޮކްސިފިކޭޝަން ސެންޓަރު ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން އެންޑީއޭއިން ވަނީ ވިދާޅުވެފައެވެ. އެއާއެކު އެތަނުގެ ޖާގަ އިތުރުވެ އެއްފަހަރާ 50 މީހުންނަށް ފަރުވާދެވޭނެކަމަށްވެސް އެންޑީއޭއިން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ޤާއިމުކުރަމުން އަންނަ ރިމާންޑް ސެންޓަރާއެކު އެތަނުގައި އެއްފަހަރާ 100 އެއްހާ މީހުންނަށް ފަރުވާ ދެވޭނެކަމަށްވެސް އެންޑީއޭގެ ޗެއަރޕާސަން ލުބުނާ ޒާހިރު ވިދާޅުވިއެވެ. މި މަސައްކަތްތަކުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ލުބުނާ ވިދާޅުވިއެވެ.

                    

މި ލިޔުން ކިޔާލުމުން

Ads by MSS