Ads by Stelco

ޚަބަރު

ފުވައްމުލަކާއި އައްޑޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ފުވައްމުލަކާއި އައްޑޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

އައްޑޫ ސިޓީގައި އައިޑީކާޑް ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން. ފޮޓޯ: ޑީއެންއާރް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޖުލައި 2025، 04:04

03 ޖުލައި 2025، 04:04

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ހިތަދޫ އަދި ހުޅުދޫގައި ފަށައިފިއެވެ.

 މިއީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން އެޅުނު އިތުރު ފިޔަވަޅެކެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޚިދުމަތް އެ ދެ ސިޓީގައި ފެށުމާއެކު ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރައްވާފައިވެއެވެ.

މިހާރު 23 އަށްވުރެ ގިނަ ރަށުގައި މި ޚިދުމަތް ދެމުންދާއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުމެވެ. މީގެ އިތުރުން، ދިވެހީން އާންމުކޮށް ދަތުރުކުރާ ބޭރު ޤައުމުތަކުގައިވެސް މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ފުވައްމުލަކާއި އައްޑޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ފުވައްމުލަކުގައި އައިޑީކާޑް ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން

އައިޑީ ކާޑަކީ އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ މުހިންމު ލިޔުމަކަށްވުމާއެކު، ސްރީލަންކާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. ރާއްޖެއިން ބޭރުގައި މި ޚިދުމަތް އެންމެ ފުރަތަމަ ފެށީ މެލޭޝިއާގައެވެ.

އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. މާލެ ސަރަހައްދުން ބޭރުން އެންމެ ފުރަތަމަ މި ޚިދުމަތް ޤާއިމުކުރެވުނީ ގއ. ވިލިނގިލީގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS