ޚަބަރު
ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ޕްރޮޖެކްޓް ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތު
ހުލާސާ
ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ބޭނުންވާ ވިއުގަ ޤާއިމްކުރުމުގެ ޕްރޮޖެކްޓް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ޙަވާލުކޮށްފިއެވެ.
ފަތުރުވެރިކަމާ ތިމާވެއްޓާއި ބެހޭ ވުޒާރާ ގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި ވުޒާރާގެ ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްފާޟިލް އަލީ ފާރިސް ޔޫސުފް އެވެ. އަދި ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފް އެވެ.
މި ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 4,638,094.63 ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 8 މަސް ދުވަހުގެ ތެރޭގައެވެ.