Ads by Exprox

ޚަބަރު

މެނިފެސްޓޯގެ ބޮޑުބައެއް ޚާއްޞަކުރެވިފައި ވާނީ ޒުވާނުންނަށް ހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ މަގުފަހިކޮށްދިނުމަށް- ރައީސް

މެނިފެސްޓޯގެ ބޮޑުބައެއް ޚާއްޞަކުރެވިފައި ވާނީ ޒުވާނުންނަށް ހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ މަގުފަހިކޮށްދިނުމަށް- ރައީސް

ރޭ ޕީއެންސީ ހަރުގޭގައި ބޭއްވުނު ޖަސްލާގެ ތެރެއިން- ފޮޓޯ: ސޯޝަލް މީޑިއާ

farudhun logo

ފަރުދުން

27 އޯގަސްޓު 2024، 01:13

27 އޯގަސްޓު 2024، 01:13

މެނިފެސްޓޯގެ ބޮޑުބައެއް ޚާއްޞަކުރެވިފައި ވާނީ ޒުވާނުންނަށް ހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެ މަގުފަހިކޮށްދިނުމަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ސަރުކާރު ޙިއްޞާވާ މައި ޕާޓީ، ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައިސް ވިދާޅުވީ  ޒުވާނުންނަށް ހެޔޮ ދިރިއުޅުމެއް ހޯދައިދިނުމުގެގޮތުން ގެދޮރުވެރިކަމާއި ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ސަރުކާރުގެ މެނިފެސްޓޯގެ ބޮޑުބައެއް ޚާއްޞަކުރެވިފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން އެންމެ އިސްކަންދޭނެ އެއް ބަޔަކީ ޒުވާނުން ކަމަށާއި، ޒުވާނުން ބާރުވެރިކުރުމަށާއި ޒުވާނުންނަށް އިޤްތިޞާދީ ފުދުންތެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ކޮންމެ ހިނދުކޮޅެއްވެސް ހޭދަކުރަމުން ދާނީ ރައްޔިތުންގެ ފަޅީގައި ތިއްބަވައިގެން ރައްޔތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށެވެ. އެގޮތުން ޤައުމުގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް މި ސަރުކާރުން ކުރައްވާ މުހިންމު ކަމެއް ކަމުަގައިވާ އާމްދަނީ އިތުރުކުރުމަށް މަސައްކަތްޕުޅުތައް ކުރައްވާކަމާއި، ޑޮލަރު އިތުރުކުރުމަށާއި ރެވެނިއު އިތުރުކުރުމަށް މަސައްކަތްޕުޅުތައް ކުރައްވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކޮށްފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco