Ads by Stelco

ޚަބަރު

ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މާރިޔާ އެފްއޭއޯގެ ޑިރެކްޓަރާ ބައްދަލު ކުރައްވައިފި

ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މާރިޔާ އެފްއޭއޯގެ ޑިރެކްޓަރާ ބައްދަލު ކުރައްވައިފި

ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މާރިޔާ އެފްއޭއޯގެ ޑިރެކްޓަރާއި ބައްދަލު ކުރެއްވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ޖުލައި 2025، 01:03

06 ޖުލައި 2025، 01:03

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، އެފްއޭއޯގެ 44 ވަނަ ޖަލްސާގެ ތެރެއިން އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، މިސްޓަރ ޗޫ ޑޮންގްޔޫ އާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އެފްއޭއޯ އާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމާއި، ދަނޑުވެރިކަމުގެ ދާއިރާގައި އައު ގޮތްތައް ތަޢާރަފުކުރުމަށް އިސްކަންދީގެން މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިކަމުގައި ޑިޖިޓަލް ޙައްލުތައް ތަޢާރަފުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލެވޭ ކާބޯތަކެތީގެ ނިޒާމުތައް ޤާއިމުކުރުމާއި، ކެއުން ބުއިމުގެ ރަނގަޅު އާދަތަކަށް އަމާޒުކުރެވިފައިވާ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

މީގެއިތުރުން، ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމާއި، ޓެކްނިކަލް ޤާބިލުކަން އިތުރުކުރުމާއި، ޕެސްޓް އަދި ޕެސްޓިސައިޑް މެނޭޖްމަންޓްގެ ދާއިރާގައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މަޝްވަރާކުރެވުނެވެ. އަދި ދިވެހިރާއްޖޭގެ 10 އަހަރުގެ ދަނޑުވެރިކަމުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް އެފްއޭއޯގެ އެހީތެރިކަން ހޯދުމަށްވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖެ އާއި އެފްއޭއޯ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓެނިވި އަދި އެންމެންނަށް ފައިދާވާނެ ގޮތަށް ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ފާހަގަކުރެވެއެވެ.

 

މި ލިޔުން ކިޔާލުމުން

Ads by MSS