Ads by Stelco

ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ބްރިޓިޝް ހައިކޮމިޝަންއާ ބައްދަލުކޮށްފި

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ބްރިޓިޝް ހައިކޮމިޝަންއާ ބައްދަލުކޮށްފި

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ބްރިޓިޝް ހައިކޮމިޝަންއާއި ބައްދަލުކުރުން-

06 ޖުލައި 2025، 03:13

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އިނގިރޭސިވިލާތުގެ ހައިކޮމިޝަންއާއި ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި، އެމްއެމްޕީއާރުސީއާއި ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުން ގުޅިގެން ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރެވިދާނެ މަސައްކަތައްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީގެ އިތުރުން، އިނގިރޭސިވިލާތުގެ ހައިކޮމިޝަންގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

އެމްއެމްޕީއާރުސީން އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނައިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

އިނގިރޭސިވިލާތަކީ، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެ ގައުމުން ރާއްޖެއަށް 108،371 ފަތުރުވެރިން ވަނީ އައިސްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS