ޚަބަރު
ގުޅީ ފަޅުން ދޫކުރި ގޯތިތަކުގެ ރެޖިސްޓްރީ މިއަދު ދޫކުރަން ފަށަނީ

ގޯތީގެ ގުރުއަތުނެގުމަށް ގޯތި ލިބުނު މީހުން ހާޒިރުވެ، ފޮޓޯ: ގެދޮރިވެރިކަމާ ބެހޭ ޒުވާރާ
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުވެ، ގޯތި ދިންތަން ބަދަލުވުމާ ގުޅިގެން އައު އެއްބަސްވުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިޔަށްދާނެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިއަދުގެ ހެނދުނު 9:30 އިން ފެށިގެން "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަންކުރިޔަށްދާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ދޫކޮށްފައިވާ އެޕޮއިންޓްމެންޓުތަކާ އެއްގޮތަށްކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.
އެޕޮއިންޓްމެންޓަށް ވަޑައިގަންނަވާއިރު ގޯތި ލިބިފައިވާ ފަރާތް/ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ޕަވަރ އޮފް އެޓަރނީގެ ދަށުން ޙާޟިރުވާ ފަރާތެއްނަމަ ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު (ނޮޓަރައިޒްކުރެވިފައިވާ އަސްލު ޕަވަރ އޮފް އެޓަރނީއާއި ނޮޓަރީ ސެޓްފިކެޓްގެ އަސްލު ހިފައިގެން) އާއި ކުރިން ސޮއިކޮށްފައިވާ "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން"ގެ އަސްލު އަދި ކުރިން ދޫކޮށްފައިވާ "ބަންޑާރަ ގޯތީގެ ރަޖިސްޓަރީ"ގެ އަސްލު ގެންދަންޖެހެއެވެ.
ގެދޮރިވެރިކަމާ ބެހޭ ޒުވާރާއިން ވިދާޅުވީ، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 05 (ފަހެއް) މިނެޓް ފަހުން ޙާޟިރުވާ ފަރާތްތަކާއި އަދި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުކޮށް ޙާޟިރުވާ ފަރާތްތަކަށް އެ ދުވަހު ހަމަޖައްސާފައިވާ އެޕޮއިންޓްމަންޓް ކެންސަލްވާނެކަމަށެވެ. އެ ޙާލަތުގައި އެފަރާތަށް އަލުން އެހެން ތާރީޚަކާއި ގަޑިއަކަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުޞަތު ލިބޭނެއެވެ.
އެޕޮއިންޓްމަންޓް ހަމަޖެހޭ ފަރާތްތަކަށް، "ހިޔާވެހި ޕޯޓަލް" އަދި އެސްއެމްއެސް މެދުވެރިކޮށް ހާޟިރުވާންޖެހޭ ގަޑި އަދި ތަން އަންގާނެއެވެ.