Ads by Exprox

ޚަބަރު

ގުރައިދޫ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ގުރައިދޫ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ކ.ގުރައިދޫ ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު- ފޮޓޯ: މިހާރު ނޫސް

farudhun logo

ފަރުދުން

27 އޯގަސްޓު 2024، 01:17

27 އޯގަސްޓު 2024، 01:17

ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ. 

މިކަން މިގޮތަށް ނިންމީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ބަދަލުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގުރައިދޫ މަރުކަޒުގައި 200 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. މީގެ ތެރޭގައި ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދަމުންދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އެނދުމަތިވެފައިތިބި މީހުން އެބަތިއްބެވެ. މީގެ ތެރެއިން އެންމެ ގިނަ ކަމަށް މިިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓްގެ ތަފާސް ހިސާބުތަކުން ފެންނަނީ ނަފްސާނީ ގޮތުން ބަލި މީހުންނެވެ. މި ބަލީގައި 183 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ. 

ގުރައިދޫގެ މަރުކަޒު ހެލްތް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާއެކު އެ މަރުކަޒު ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބަޖެޓާއި، މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިއްބެވި މުވައްޒަފުން ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ވެސްވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco