Ads by Stelco

ޚަބަރު

ރާއްޖެ، ދުނިޔޭގެ މަޝްހޫރު 3 ކަލިނަރީ އެވޯޑަކަށް ނޮމިނޭޓްވެއްޖެ!

ރާއްޖެ، ދުނިޔޭގެ މަޝްހޫރު 3 ކަލިނަރީ އެވޯޑަކަށް ނޮމިނޭޓްވެއްޖެ!

ޜާއްޖޭގެ ރިސޯޓެއްގެ ކެއުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޖުލައި 2025، 12:48

08 ޖުލައި 2025، 12:48

ދުނިޔޭގެ މަޝްހޫރު ވޯލްޑް ކަލިނަރީ އެވޯޑްސްގެ 3 އެވޯޑަކަށް ދިވެހިރާއްޖެ ނޮމިނޭޓް ވެއްޖެއެވެ. މިއީ ރާއްޖޭގެ ކެއިންބުއިމުގެ ސަގާފަތާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު އިތުރު ފަޚުރެކެވެ.

ވޯލްޑް ކަލިނަރީ އެވޯޑަކީ ކަލިނަރީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދެމުންދާ އެވޯޑެކެވެ. މި އެވޯޑުގެ މައިގަނޑު ބޭނުމަކީ ގެސްޓްރޮނޮމީގެ ދާއިރާ ހޯދަމުންދާ ކާމިޔާބީތަކާއި އުފެއްދުންތެރިކަމާއި، ކުރިއެރުންތަކުގެ އަގު ވަޒަންކުރުމެވެ.
ރާއްޖެ މި ފަހަރު ނޮމިނޭޓްވެފައިވަނީ ވަރަށް މުހިންމު ތިން ކެޓަގަރީއަކުންނެވެ. އެއީ:

  • ވޯލްޑްސް ބެސްޓް ޑެސްޓިނޭޝަން ފޯ ހެރިޓޭޖް ކުއިޒިން 2025 (ދުނިޔޭގެ އެންމެ ރަނގަޅު ތަރިކައިގެ ކެއުން ހުށަހަޅާ މަންޒިލް): މިއީ ރާއްޖޭގެ ދިގު ތާރީޚީ ކެއުންބުއިމުގެ ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދޭނެ އެވޯޑެކެވެ.
  • އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ޑެސްޓިނޭޝަން 2025 (ހިންދު ކަނޑުގެ އެންމެ ރަނގަޅު ކަލިނަރީ މަންޒިލް): މި އެވޯޑަކީ ހިންދު ކަނޑުގެ ސަރަހައްދުގެ އެންމެ މޮޅު ކަލިނަރީ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤާމު އިތުރަށް ހަރުދަނާކޮށްދޭނެ އެވޯޑެކެވެ.
  • އިންޑިއަން އޯޝަންސް ބެސްޓް ކަލިނަރީ ސިޓީ ޑެސްޓިނޭޝަން 2025 (ހިންދު ކަނޑުގެ އެންމެ ރަނގަޅު ކަލިނަރީ ސިޓީ މަންޒިލް): މިއީ ރާއްޖޭގެ އެންމެ މުހިންމު ސިޓީއެއްގެ ގޮތުގައި މާލެ ފަދަ ތަނެއްގެ ކެއުންބުއިމުގެ ދާއިރާގެ ކުރިއެރުން ފާހަގަކުރާނެ އެވޯޑެކެވެ.

މި އެވޯޑުތައް ކާމިޔާބުކުރާ ފަރާތްތައް އިޢުލާންކުރާނީ ޓްރެވަލް ޕްރޮފެޝަނަލުންނާއި، ސިނާއަތުގެ ތަޖުރިބާކާރުންނާއި، ފަތުރުވެރިން ވޯޓު ދިނުމުންނެވެ.

މި އެވޯޑުތަކަށް ވޯޓު ދިނުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. އެމްއެމްޕީއާރުސީން ވިދާޅުވެފައިވަނީ، ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ދިފާއުކުރުމަށް މި އެވޯޑްތައް ވަރަށް މުހިންމު ކަމަށެވެ. ވޯޓު ދިނުމަށްޓަކައި އެކަމަށް ޚާއްސަކޮށްފައިވާ ލިންކު ބޭނުންކުރެވޭނެއެވެ.

ވޯލްޑް ކަލިނަރީ އެވޯޑަކީ 1994 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ފަޚުރުވެރި ވޯލްޑް ޓްރެވަލް އެވޯޑްސް ސިލްސިލާގެ ބައެކެވެ. ވޯލްޑް ކަލިނަރީ އެވޯޑްސް ދޭން ފަށާފައިވަނީ 2020 އަހަރުން ފެށިގެންނެވެ. މިއީ ކެއްކުމުގެ ދާއިރާގެ ކުރިއެރުންތައް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS