Ads by Stelco

ޚަބަރު

ށ. ނޫމަރާގައި ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ށ. ނޫމަރާގައި ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ށ. ނޫމަރާގައި ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ފެނަކަ

09 ޖުލައި 2025، 12:31

ށ. ނޫމަރާގައި ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ނޫމަރާގައި ޕޮލިސް ޕޯސްޓެއް ޤާއިމުކުރުމަށް ހަވާލުކޮށްފައިވަނީ ފެނަކައާއެވެ. ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫމަރާގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިހާރު ފަށާއިގެން ކުރިއަށްދާ ކަމަށެވެ.

ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް، އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައިނުވާ ރަށްރަށުގައި ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން، މިއަހަރުގެ ތެރޭގައި 57 ރަށެއްގައި ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް އަމާޒުހިފާފައިވާއިރު، މި މަޝްރޫޢަކީ 681,501,117.51 ރުފިޔާގެ މަޝްރޫޢެކެވެ.

ފުލުހުންގެ ޚިދުމަތް މިހާތަނަށް ޤާއިމުވެފައިނުވާ ރަށްތަކުގައި ވެސް 2027 ވަނަ އަހަރުގެ ކުރިން ޕޮލިސް ސްޓޭޝަންތައް ޤާއިމުކުރެއްވުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. ހަމަ އެހެންމެ، ބައެއް ރަށްރަށުގައި މިހާރުވެސް ކުއްޔަށް ތަންތަން ހިފައިގެން ޕޮލިސް ސްޓޭޝަންތައް ހިންގަމުންދާތީ، އެފަދަ ރަށްރަށުގައި ސަރުކާރުން ޕޮލިސް ސްޓޭޝަންތައް ތަރައްޤީކުރެއްވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS