ދުނިޔެ

އެކްސްގެ ސީއީއޯގެ މަޤާމުން ލިންޑާ ޔެކަރީނޯ އިސްތިއުފާ ދީފި

އެކްސްގެ ސީއީއޯގެ މަޤާމުން ލިންޑާ ޔެކަރީނޯ އިސްތިއުފާ ދީފި

އެކްސްގެ ސީއީއޯގެ މަޤާމުގައު ހުރި ލިންޑާ، ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ޖުލައި 2025، 12:39

10 ޖުލައި 2025، 12:39

އެލޮން މަސްކުގެ ސޯސަލް މީޑިއާ ޕްލެޓްފޯމް، އެކްސްގެ ސީއީއޯގެ މަޤާމުގައި ހުރި ލިންޑާ ޔެކަރީނޯ އިސްތިއުފާ ދީފިއެވެ. 

މިކަން ހާމަކުރުމުގެ ގޮތުން، ކުރިން އެންބީސީ ޔުނިވާރސަލްގައި އެޑްވަޓައިޒިން އެކްޒެކެޓިވްއަކަށް މަސައްކަތްކުރި ލިންޑާ ބުނީ، އެކްސްގައި ހޭދަކުރެވުނު މުހިންމު ދެ އަހަރަށްފަހު އެ މަޤާމު ދޫކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. 

އެކްސް ޕްލެޓްފޯމްއަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެނަސްފައިވާއިރު، ލިންޑާ ކުންފުނި ދޫކޮށްލާފައި މިވަނީ ވިޔަފާރިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ދުވަސްތަވަރެއްގައެވެ. އެގޮތުން އެމެރިކާގެ ބިލިއަނަރު، މަސްކުގެ ކުންފުނިން ކުރަމުން އަންނަ ޓެސްލާގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މި ހުރިހާ ކަމެއްގެ އިތުރުން، މަސްކް އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. 

ލިންޑާ ވަޒީފާ ދޫކޮށްލަން ނިންމި ސަބަބެއް އޭނާ ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. 

ޓެސްލާގެ ވިޔަފާރި ދަށްވަމުން ދިއުމާ ގުޅިގެން އެ ކުންފުނީގައި މަސައްކަތްކުރަމުންދިޔަ އޮމެއަދު އަޝްވަރު ވެސް މީގެ މަހެއްހާ ދުވަސްކުރިން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި އެޗްއާރު ޑިރެކްތަރ ޖިނާ ފެރިއަރ ވެސް ވަޒީފާ ދޫކޮށްލީ އެ ދުވަސްވަރުއެވެ. 



ލިންޑާ އެކްސްއާ ގުޅުނީ 44 ބިލިއަނަށް 2023 ވަނަ އަހަރުމަސްކު އެކްސް ގަތުމާ ގުޅިގެން، ކުންފުނި ބަދަލުކޮށްލުމަށް އެހީތެރިވެދިނުމަށެވެ. 

ލިންޑާ ސީއީއޯގެ މަޤާމުގައި ހުއްޓައި އެ ކުންފުނިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އެ މުއްދަތުގައި އެކްސްއަކީ ހުރިހާކަމެއް ކުރެވޭފަދަ އެޕްލިކޭޝަނަކަށް މިވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން ވީޒާއާއެކު ހެދި ޕާރޓްނާޝިޕާއެކު ފައިސާ ދެއްކުމަށް ކަސްޓަމަރުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދިޔައެވެ. އަދި އެ ކުންފުނިން ވަނީ ސްމާރޓް ޓީވީ އެޕެއް ވެސް މި މުއްދަތުގައި ތަޢާރަފްކޮށްފައެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS