ޚަބަރު
ކުރު މުއްދަތެއްގެ ތެރޭގައި ބިދޭސީންނާއި ގުޅޭ 840 ރިޕޯޓް ކޮށްފައިވޭ!
އިމިގްރޭޝަނުުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން- ފޮޓޯ: އިމިގްރޭޝަން
ފަރުދުން
17 އޮކްޓޯބަރު 2024، 11:16
17 އޮކްޓޯބަރު 2024، 11:16
ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓްކުރުމަށް ހުޅުވާލި އޮންލައިން ޕޯޓަލް "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް 840 މައްސަލަ ހުށަހަޅާފައިވާކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ ޖުލައިމަހުގެ 17ވަނަ ދުވަހު ތަޢާރަފްކުރި އޮންލައިން ޕޯޓަލް މެދުވެރިކޮށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޤަވައިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ މައްސަލައެވެ.
އިމިގްރޭޝަން ވޮޗް މެދުވެރިކޮށް 840 މައްސަލަ ހުށަހަޅާފައިވާއިރު 596 މައްސަލަ ބަލައި ނިންމާފައިވެއެވެ. މީގެ އިތުރުން އިމިގްރޭޝަނާއި ގުޅުންނެތް ޞައްޚަ ނޫން 174 މައްސަލަ ހިމެނޭ ކަމަށާއި ސައްހަކަން ކަށަވަރު ކުރަމުންދާ 70 މައްސަލަ ހިމެނޭ ކަމަށް ވެސް އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކައެވެ. އިމިގްރޭޝަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި 11 ބާވަތެއްގެ މައްސަލަ ހިމެނެއެވެ. އެގޮތުން ހުށަހެޅީފައިފާ މައްސަލަތަކަކީ:
ވޯކް ވިސާއާ ގުޅޭ މައްސަލަ : 206
ހަށިވިއްކުމުގެ މައްސަލަ : 50
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ: 7
ޓުރިސްޓް ވިސާއާ ހިލާފުވާ މައްސަލަ: 10
އެމްޕްލޯޔަރ ސްޕޮންސަރ ބްރީޗް: 9
ފްރައުޑް ޑޮކިއުމެންޓް މައްސަލަ: 2
ޑްރަގް މައްސަލަ: 9
ހިއުމަން ޓްރެފިކިންގް: 7
ޤާނޫނާ ޚިލާފަށް ކުރާ ވިޔަފާރިގެ މައްސަލަ : 221
ގެއްލިގެން ރިޕޯޓްކުރި މައްސަލަ: 32
ބޯޑަ އިންޓެލިޖެންސް: 3
އެހެނިހެން: 40
<blockquote class="twitter-tweet"><p lang="en" dir="ltr">A total of 840 cases have been reported to Immigration Watch since its launch on July 17, 2024.<a href="https://twitter.com/hashtag/immigrationwatchmv?src=hash&ref_src=twsrc%5Etfw">#immigrationwatchmv</a> <a href="https://t.co/6wOaZXf4wb">pic.twitter.com/6wOaZXf4wb</a></p>— Maldives Immigration (@ImmigrationMV) <a href="https://twitter.com/ImmigrationMV/status/1846759023145599107?ref_src=twsrc%5Etfw">October 17, 2024</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ޤަވައިދަށް ފެއްތުމާއި، އެފަދަ ކަންކަން ހުއްޓުވުމަކީ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން އިމިގްރޭޝަނުން ވަނީ އެކަމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެެވެ. މި އޮޕަރޭޝަންގެ ދަށުން 4000އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާއިރު، ގިނަ ޢަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެސްވެއެވެ.