ސައިންސް / ދުނިޔެ
އެންމެ ހަލުވި ސްޕީޑްގެ އިންޓަނެޓް ޤާއިމުކުރީ ޖަޕާނުން

ޖަޕާނު ވަނީ ދުނިޔޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑް އީޖާދުކުރި ޤަައުމަށްވެފައެވެ.

ފަރުދުން
10 ޖުލައި 2025، 04:18
10 ޖުލައި 2025، 04:18
އެންމެ ހަލުވި ސްޕީޑްގެ އިންޓަނެޓް ޤާއިމުކުރި ޤައުމަކަށް ޖަޕާނު ވެއްޖެއެވެ.
މި ރެކޯޑް ގާއިމްކޮށްފައިވަނީ ޖަޕާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (އެންއައިސީޓީ) އާއި ސުމިޓޯމޯ އިލެކްޓްރިކް އިން ކަމަށާއި އެ ކުންފުނިން ވަނީ 2025 ވަނަ އަހަރުގެ މެއި މަހުގެ ފަހުކޮޅު މި ކާމިޔާބީ އިއުލާންކޮށްފަ އެވެ
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ (އެންއައިސީޓީ)ގެ ޖަޕާނުގެ ސައިންސްވެރިން ވަނީ 1،808 ކިލޯމީޓަރުގެ ފައިބަރ އޮޕްޓިކް ކޭބަލެއްގައި ސިކުންތަކަށް 1.02 ޕެޓަބިޓް (ސިކުންތަކަށް 125 ޓެރަބައިޓް އަށް ވުރެ ގިނައިން) ޑޭޓާ ފޮނުވައިގެން ދުނިޔޭގެ އާ ރެކޯޑެއް ގާއިމްކޮށްފަ އެވެ. 19 ކޯރގެ ފައިބަރ ކޭބަލާއި އެޑްވާންސް އެމްޕްލިފިކޭޝަން ޓެކް ބޭނުންކޮށްގެން އެމީހުން ވަނީ ސިކުންތަކަށް 125 ޓެރަބައިޓަށް ވުރެ މަތީގެ ޑޭޓާ ޓްރާންސްފާ ރޭޓެއް ހާސިލްކޮށްފައެވެ. މިއީ ސިކުންތަކަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ މައުލޫމާތު ހިމެނޭ މުޅި ނެޓްފްލިކްސް ލައިބްރަރީ ޓްރާންސްފާ ކުރުން ނުވަތަ އެތައް މިލިއަން 4ކޭ ވީޑިއޯ އެއްފަހަރާ ސްޓްރީމް ކުރުމަަށް ހުޅުވާލެވޭ ދޮރެކެވެ. އަދި ވާޒޯން ފަދަ ބޮޑެތި ގޭމްތައް 20 ސިކުންތު ތެރޭ ޑައުންލޯޑް ކުރުމަށް މަގުފަހިކޮށްދޭނެ ކުރިއެރުމެކެވެ.
އަދިވެސް ދިރާސާގެ މަރުހަލާގައި އޮތްއިރު، މި ކުރިއެރުމަކީ އިންޓަނެޓް އިންފްރާސްޓްރަކްޗާގެ މުސްތަގުބަލަށް އުންމީދީ ކުރިއެރުމެކެވެ. އެއީ 5ޖީ އަދި ކުރިއަށް އަންނަ 6ޖީ ނެޓްވޯކްތައް ވަރަށް ބޮޑަށް އަވަސްކޮށްދީ، ކްލައުޑް ކޮމްޕިއުޓިން އަދި އޭއައި ޑޭޓާ މުއްސަނދިކޮށްދީ، 1 ޕެޓަބައިޓްގެ އެސްއެސްޑީ ފަދަ ބޮޑެތި ސްޓޯރޭޖް ޑިވައިސްތަކަށް ފަސޭހަ އިންގިލާބެކެވެ.
އެހެން ނަމަވެސް ބާރު ސްޕީޑް އިންޓަނެޓްގައި ވެސް ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. ސަބަބަކީ އިންފްރާސްޓްރަކްޗަރ އަދިވެސް އޮތީ ނާޒުކު ހާލަތެއްގައެވެ. އަދި ޑޭޓާ ރޭޓް މަތިވިވަރަކަށް، ނާޒުކު މައުލޫމާތު ރައްކާތެރިކުރުމަށް ސައިބަރ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރަންވެސް ޖެހިދާނެއެވެ.