Ads by Exprox

ޚަބަރު

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

ޕީޖީ އޮފީސް

farudhun logo

ފަރުދުން

27 އޯގަސްޓު 2024، 01:36

27 އޯގަސްޓު 2024، 01:36

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

ރައީސް އޮފީހުން ގެޒެޓުގައި ޝާއިޢު ކޮށްފައިވާ އިއުލާނުގައި ވަނީ  ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މަގާމުގެ ޝަރުތު ތަކުގެ ގޮތުގައި ގިނަ ކަންކަން ހިމެނިފައިވެއެވެ. އެގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެވޭ ވަރުގެ ތަޢުލީމާއި ޤާބިލުކަންހުރި މީހަކު ކަމުގައިވުމާއިއެކު، ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުމާއި ޝަރުޢީ ނުވަތަ ޤާނޫނީ ދާއިރާގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 4 (ހަތަރެއް) އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން ލާޒިްމ ކުރެއެވެ. 

ޕީޖީގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެ މަގާމު މިވަގުތު އޮތީ ހުސްކޮށެވެ. ޝަމީމް ވަކިކުރުމުގެ ޖަލްސާ ހިނގަމުން ދަނިކޮށް އޭނާ އިސްތިއުފާ ދެއްވި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. ނަމަވެސް އިސްތިއުފާގެ ސިޓީ ނުލިބޭ ކަމަށް ބުނެ މަޖިލީހުން ވަނީ އޭނާ މަގާމުން ވަކިކުރަން ފާސްކޮށްފަ އެވެ.  ޕީޖީގެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ރައީސް ފޮނުއްވާ ނަންތަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުންނެވެ. 

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވެންދެން ޕީޖީ އޮފީސް ހިންގާނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco