Ads by Exprox

ޚަބަރު

ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދުކުރުމަށް ހުޅުމާލޭގައި ބައިކް ޝެއަރިން ސްކީމެއް ތަޢާރަފް ކުރަނީ

ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދުކުރުމަށް ހުޅުމާލޭގައި ބައިކް ޝެއަރިން ސްކީމެއް ތަޢާރަފް ކުރަނީ

ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް

farudhun logo

ފަރުދުން

18 އޮކްޓޯބަރު 2024، 08:00

18 އޮކްޓޯބަރު 2024، 08:00

ދަތުރުފަތުރު ކުރަމަށް ބޭނުންކުރާ އުޅަނދުފަހަރުން ޖައްވަށް ބޭރުވާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި ހިންގާ މަޝްރޫއުތަކުގެ ދަށުން ހުޅުމާލޭގައި ބައިކް ޝެއަރިން ސްކީމެއް ވަރަށް އަވަހަށް ފަށަން ނިންމާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިމާވެއްޓާ ބެހޭ ވަޒީރު ވިދާޅުވީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން ހުޅުމާލެއަށް "ބައިކް ޝެއަރިން" ސްކީމެއް ތައާރަފުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން އެ ސްކީމް ފެށުމަށްޓަކައި އިލެކްޓްރިކް ޕެޑަލް އެސިސްޓެޑް ނުވަތަ 100 ބެޓަރި ބައިސިކަލް އެޗްޑީސީއާ ހަވާލުކުރަން ތައްޔާރުވަމުން އަންނަ ކަމަށާއި ބައިސިކަލްތައް ގެނައުމުގެ ޕްރޮގްރާމްގައި އަޅުގަނޑުމެން އެޗްޑީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަަށް ވަޒީރު ވިދާޅުވިއެވެ. 

ތޯރިޤު ވިދާޅުވީ ހުޅުމާލޭގައި އެ ސްކީމް ފެށުމަށް ކުރަން ޖެހޭ ދިރާސާތައްކޮށް ނިމިފައިވާ ކަމަށެވެ.  އަދި، އެ ސްކީމަށް ބޭނުންވާ ފައިސާގެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބައިކް ޝެއަރިން ސްކީމަކީ މިހާރު ވެސް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ކުރިއަށްގެންދާ ސްކީމެކެވެ.

ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި 2028 ވަނަ އަހަރުގެ ނިޔަލަށް، ރާއްޖޭގައި އުފައްދާ ހަކަަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

މި ލިޔުން ކިޔާލުމުން

Ads by Stelco