ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން މީހަކު ހައްޔަރުކޮށްފި

ދުވާފަރުން ހައްޔަރުކުރި މީހާ: ފޮޓޯ- ދިވެހި ފުލުހުންގެ ޚިދުމަތް

ފަރުދުން
28 ޖުލައި 2025، 04:15
28 ޖުލައި 2025، 04:15
މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ރ. ދުވާފަރުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ދުވާފަރުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ދުވާފަރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު /ފިނިފަޒާ، އިބްރާހީމް ޢަބްދުލްރައްޒާޤު (38އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ، މި ހިނގާ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ރޭ ދުވާފަރު މަގުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ކަރުދާސްކޮޅު ފެނިގެންކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މި މައްސަލައާ ގުޅިގެން އިބްރާހީމް ޢަބްދުލްރައްޒާޤުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވާކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.
މި މައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.