Ads by Stelco

ޚަބަރު

ގެދޮރުވެރިޔާ ޕޯޓަލްގެ ނަމުގައި ސްކޭމް މެސެޖެއް ދައުރުކުރަނީ

ގެދޮރުވެރިޔާ ޕޯޓަލްގެ ނަމުގައި ސްކޭމް މެސެޖެއް ދައުރުކުރަނީ

ފުލުހުންގެ އިދާރާ

farudhun logo

ފަރުދުން

02 އޯގަސްޓު 2025، 11:36

02 އޯގަސްޓު 2025، 11:36

ގެދޮރުވެރިޔާ ޕޯޓަލްގެ ނަމުގައި ސްކޭމް މެސެޖެއް ދައުރުކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. 

ދިވެހި ފުލުހުންގެ ސައިބާ ކްރައިމް ޑިޕާޓްމަންޓުން ވިދާޅުވީ، ގެދޮރުވެރިޔާ ޕޯޓަލުން ލިންކެއް ނުފޮނުވާނެ ކަމަށާ ގެދޮރުވެރިޔާ ޕޯޓަލަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވަމުން ދަނީ ސްކޭމް މެސެޖެއް ކަމުގައެވެ. 

ފުލުހުން ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލް އިން ލިންކެއް ނުފޮނުވާނެ ކަމަށާ އެއީ އީ-ފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާ ކޮށްފައިވާ ޕޯޓަލެއް ކަމަށެވެ.  މި ސްކޭމް ލިންކަަށް ފިތުމުން ގޫގަލް އެކައުންޓަށް ލޮގިންވާން ބުނާނެ ކަމަށާ ނަމަވެސް ލޮގިން ވެއްޖެނަމަ އެ މީހެއްގެ ޕާސްވޯޑްތައް ސްކޭމް ކުރާ މީހާއަށް ލިބޭނެ ކަމަށްވެސް އެއިދާރާއިން ވިދާޅުވެފައި ވެއެވެ. މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގްލް އެކައުންޓްގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ސްކޭމްގެ އެފަދަ ލިންކެއް ލިބިއްޖެނަމަ 911 ރިޕޯޓް ކުރުމަށް ވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން