ޚަބަރު
ސިވިލް ސަރވިސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް "ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމް" ފިޝަރީޒް މިނިސްޓްރީއަށް

"ކެޕޭސިޓީ ބިލްޑިންގް ޕްރޮގްރާމް" ފިޝަރީޒް މިނިސްޓްރީއަށް: ފޮޓޯ- ފިޝަރީޒް މިނިސްޓްރީ

ފަރުދުން
02 އޯގަސްޓު 2025، 12:44
02 އޯގަސްޓު 2025، 12:44
ސިވިލް ސަރވިސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށް، ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ކުރިއަށް ގެންގޮސްފިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ، ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓް (CSTI) އިން އިސްނަގައިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމް މިއަދު ފަށައިފައިވާކަމަށެވެ.
މިއީ ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓް (CSTI) އިން މިނިސްޓްރީތަކަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމަށް ކުރިއަށްގެންދާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގެ ތެރެއިން ކުރިއަށްގެންދާ ތަމްރީނެއް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބޭނުންވާނެ ތަމްރީނުތައް ދެނެގަނެ، އެ ތަމްރީނުތަކަށް ބިނާކޮށް އަހަރުގެ ޓްރެއިނިންގ ޕްލޭން އެކުލަވާލުމެވެ. މީގެ އިތުރުން، މި ޕްރޮގްރާމްގެ ދިގު ރާސްތާ މަޤްޞަދުތަކުގެ ތެރޭގައި ސިވިލް ސަރވިސްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުން ވެސް ހިމެނޭކަމަށް ފިޝަރީޒްއިން ވިދާޅުވިއެވެ.
ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އިސްވެރިން ވަނީ، މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ މުވައްޒަފުންވެސް ޓްރެއިނިންގ ޕްރޮގްރާމްގެ އެންމެ ފުރިހަމަ ބޭނުން ހިފުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، ޓްރެއިނިންގ ޕްރޮގްރާމުން ލިބޭ ހުނަރުތަކާއި މައުލޫމާތުތަކުން އާންމު ރައްޔިތުންނަށް ދެވޭ ހިދުމަތާއި މަސައްކަތްތައް އިތުރަށް ފުރިހަމަކުރަން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ބައިވެރިންނަށް ހަނދާންކޮށްދެއްވިއެވެ.