ދުނިޔެ

ގްރޮކްގެ "އިމޭޖިން" ފީޗަރ ތަޢާރަފުކޮށްފި

ގްރޮކްގެ "އިމޭޖިން" ފީޗަރ ތަޢާރަފުކޮށްފި

ކަނާތް ފަރާތުގައި: ގްރޮކްގެ ލޯގޯ. ވާތް ފަރާތުގައި: އީލޯން މަސްކް.

farudhun logo

ފަރުދުން

02 އޯގަސްޓު 2025، 02:42

02 އޯގަސްޓު 2025، 02:42

ގްރޮކް އަކީ އެކްސް (ކުރީގެ ނަމުން ނަމަ ޓްވިޓަރ) ގައި ހުންނަ މަޝްހޫރު ޗެޓްބޮޓެވެ. ގްރޮކް އާ މުޢާމަލާތު ކުރުމަށް އެކްސް ގައި ޚާއްޞަ ސެކްޝަން އެއް ހުންނަ އިރު، ގްރޮކް އެޕްލިކޭޝަން މެދުވެރިކޮށް ވެސް ގްރޮކް އާ ވާހަކަ ދެއްކެއެވެ.

މީގެ ކުރިން ގްރޮކް އިން ވީޑިޔޯ އުފެއްދުމަށް ނުކުޅެދިފައި ވިޔަސް، ވަކި ތަފްޞީލެއް ދިނުމުން އެއާ އެއްގޮތަށް ފޮޓޯ އުފެއްދުމުގެ ޤާބިލިއްޔަތު ގްރޮކް އަށް ލިބިގެންވިއެވެ.

އެހެނަސް، މިފަހަކުން ތަޢާރަފުކުރި "އިމޭޖިން" (imagine) ފީޗަރ އަކީ މުޅިން އައު ޚާއްޞިއްޔަތެކެވެ. މިފީޗަރ ބޭނުން ކޮށްގެން، ގްރޮކް ލައްވާ ވަޤުތުން (ލައިވް ކޮށް) ފޮޓޯ އުފެއްދުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. މީގެ ކުރިން ގްރޮކް އިން ފޮޓޯ އުފައްދަނީ ޔޫސަރ ލިޔެލާ ޞިފަކުރުމެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވިޔަސް، މިހާރު "އިމޭޖިން" ފީޗަރ ބޭނުންކޮށްގެން، ބޭނުންވާ ބަދަލުތަކެއް ފޮޓޯ އަށް ވަޤުތުން ވަޤުތަށް ގެނެވޭނެއެވެ. ލިޔުމަކާ ނުލައި، އަނގަބަހުން ވެސް ފޮޓޯ އަށް ބަދަލު ގެނައުމަށް ގްރޮކް އަށް އިރުޝާދު ދެވޭނެއެވެ. އަދި އެއަށް ފަހު، ބޭނުންވާ ފަދަ ކުރު ވީޑިޔޯ ކޮޅަކަށް ވެސް އެ ފޮޓޯ 30 ސިކުންތު ތެރޭގައި ބަދަލުކޮށްލެވޭނޭ ކަމަށް އެކްސް (ޓްވިޓަރ) ގެ ސީ.އީ.އޯ އީލޯން މަސްކް މިއަދު ވިދާޅުވިއެވެ.

މަސްކް ވިދާޅުވެފައިވާ ގޮތުގައި، "އިމޭޖިން" ފީޗަރ ބޭނުންކުރުމަށް އެކްސް އެޕްލިކޭޝަން އަޕްޑޭޓް ކުރަން ޖެހޭނެއެވެ. މިފީޗަރ މުޅިން ޢާންމުކޮށް ހުޅުވާލައިފައި ނުވާ އިރު، ފީޗަރ ބޭނުންކުރުމަށް ހުއްދައަށް އެދުމުން، އެކަމުގެ ވެއިޓްލިސްޓަށް ދާނޭ ކަމަށް މަސްކް ވަނީ ހާމަކުރައްވާފައެވެ. ވެއިޓްލިސްޓުގައި ތިބުމަށް ފަހު، އެތައް ބަޔަކު މިހާރު ވެސް ވަނީ މިފީޗަރ ބޭނުން ކޮށްފައެވެ. ގްރޮކްގެ "އިމޭޖިން" ފީޗަރ ބޭނުންކުރުމުގެ ހުއްދައަށް އެދޭނީ، އެކްސް އެޕް ނުވަތަ ވެބްސައިޓުގައި ހުންނަ "ސެޓިންގ" ބަޔަށް ފިތާލައިފައި، "ގްރޮކް" ކިޔާ ތަނަށް ފިތާލައިފައި، އެތަނުގައި ހުންނަ "އިމޭޖިން" ފީޗަރގެ ހުއްދައަށް އެދޭ ފިތަށް ފިތާލައިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން