ޚަބަރު
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިޔާ ސްކީމަށް ލެވޭގޮތައް ހުލުވާލައިފި ކަމަށް ބުނެ ސްކޭމް ލިންކެއް ދައުރު ކުރަނީ

ޝަހީދު ހުސައިން އާދަމް ބިލްޑިންގ: ސޮޓޯ- ސަން

ފަރުދުން
07 އޯގަސްޓު 2025، 11:13
07 އޯގަސްޓު 2025، 11:13
ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިޔާ ސްކީމަށް ލެވޭގޮތައް ހުލުވާލައިފި ކަމަށް ބުނެ ސްކޭމް ލިންކެއް ދައުރު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސް ކޮށްފިިއެވެ.
ފުލުހުން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭގޮތައް ހުލުވާލައިފިކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫންކަމަށެވެ.
🚨 ސްކޭމް އެލަރޓް:
— Maldives Police (@PoliceMv) August 7, 2025
ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭގޮތައް ހުލުވާލައިފިކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ދައުރުވަމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން. pic.twitter.com/v6wJbwNSvT
ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިިލެވޭނެ ކަމަށްބުނެ ދައުރުކުރަމުންދާ މެސެޖުގައި ވަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލެވޭގޮތައް ހުލުވާލައިފިކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ސްކޭމް ލިންކެއް ހިއްސާކޮށްފައެވެ. މި މެސެޖް ދަނީ ގިނަ ބަޔަކަށް ފޮނުވަމުންނެވެ. އަދި ސްކޭމް ލިންކް ބޭނުން ކޮށްގެން ހެކް ކުރުމަށްފަހު މީހުންގެ ނަމުގައި އާއިލާ އަދި ރައްޓެހިންނަށްވެސް ދަނީ ފޮނުވަމުންނެވެ.