Ads by Stelco

ޚަބަރު

ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް އާރުޑީީސީއާ ހަވާލުކޮށްފި

ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް އާރުޑީީސީއާ ހަވާލުކޮށްފި

ބ.އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން

farudhun logo

ފަރުދުން

12 އޯގަސްޓު 2025، 10:08

12 އޯގަސްޓު 2025، 10:08

ބ. އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

ހޮސްޕިޓަލްގެ އައު އިމާރާތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސިއްހީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމްއެވެ. މި މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 181.7 މިލިޔަން ރުފިޔާއަށެވެ. 50 އެނދުގެ މި ހޮސްޕިޓަލްގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލަކީ އެއަތޮޅުގެ ގިނަ ރައްޔިތުން ޚިދުމަތްހޯދާ ތަނެއްކަމުން ކޮންމެ ދުވަހަކުވެސް އެތަކެއް ރައްޔިތުންނެއް ޑޮކްޓަރަށް ދެއްކުމަށް އެ ހޮސްޕިޓަލަށް ޒިޔާރަތްކުރެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ބ.އަތޮޅު ހޮސްޕިޓަލުގައި މެމޯގްރަފީގެ ޚިދުމަތްވެސް މިއަދު ވަނީ ފައްޓަވާދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން