Ads by Stelco

ޚަބަރު

އޭޓީއެމްގެ ޚިދުމަތާއެކު ގަދަ ކަނޑުގަ ފައިސާނަގަން ކުރަންޖެހޭ ދަތުރަށް ނިމުމެއް

އޭޓީއެމްގެ ޚިދުމަތާއެކު ގަދަ ކަނޑުގަ ފައިސާނަގަން ކުރަންޖެހޭ ދަތުރަށް ނިމުމެއް

އޭޓީއެމްގެ ޚިދުމަތް މުޅިރާއްޖެއަށް

farudhun logo

ފަރުދުން

13 އޯގަސްޓު 2025، 11:30

13 އޯގަސްޓު 2025، 11:30

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް ސަރުކާރާއި ބީއެމްއެލްއާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިހާތަނަށް 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ. އަދި އޭޓީއެމްގެ ޚިދުމަތް ފެށިފައި ނުުވާ އަތޮޅުތަކާއި ރަށްތަކުގައިވެސް އޭޓީއެމްގެ ޚިދުމަތް ފެށުމަށް ސަރުކާރާއި ބޭންކް އޮފް މޯލްޑީވްސް ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. 

ފަހަކާ ޖެހެންދެން ރާއްޖޭގައި އޭޓީއެމްގެ ޚިދުމަތް ލިބެން ހުންނަނީ އަތޮޅު ވެރިކަންކުރާ ރަށްރަށުގައިި އެކަންޏެވެ. މުހިންމު ކަންކަމަށް ބޭނުންވާ ފައިސާ ނެގުމަށް އަތުން އިތުރު ފައިސާ ކަރަދުކޮށްގެން އަތޮޅު ވެރިކަންކުރާ ރަށަށް ދިއުން އޮންނަނީ މަޖުބޫރުވެފައެވެ. ގަދަ ވަޔާ ވިއްސާރައިގައިވެސް ކޮންމެހެން ފައިސާ ނަގަންޖެހިއްޖެނަމަ ނުގޮސްވާން ނޯންނަކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފުޅަދޫގައި މިހާރު ވަނީ އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވާފައެވެ. ފުޅަދޫގެ އިސް ރައްވެއްސަކު "ފަރުދުން"އަށް ވިދާޅުވީ ފައިސާ ނެގުމާ ފައިސާ ޖަމާކުރުމަށް ރަށުން ބޭރަށް ކުރަން ޖެހުނު ދަތުރަށް ނިމުމެއް އައުމަކީ ނުހަނު އުފާކުރާކަމެއް ކަމަށެވެ. ހަމައެއާއެކު ލޯކަލް ޓުއަރިޒަމް ފުޅާވަމުން އަންނަ މި ރަށުގައި އޭޓީއެމްއަކީ ކޮންމެހެންވެސް ހުރުން މުހިންމު ވަސީލަތެއް ކަމަށް އެރަށުގެ ރައްޔިތުން ދެކެއެވެ. 



މިހާރަށް ބަލާއިރުގަ، މިރަށަކީ ޓުއަރިޒަމްއަށް ހުޅުވާލެވިފައިވާ ރަށަކަށް ވާތީ ވަރަށް ގިނަ ފަރާތްތަކަށް މި ޚިދުމަތް ލިބިގަތުން ވަރަށް މުހިންމު ކަމަކަށްވެފަ އޮންނަނީ. ދެން އެންމެ ދަތި ހާލަކަށް ވާނީ އަޅުގަނޑުމެން ފައިސާ ނަގަން ދާން ޖެހެނި އޭދަފުއްޓަށް ނުވަތަ ތުޅާދޫއަށް އޭޓިިއެމް ހުރި ތަނަކަކަށް. އެހެންވީމަ މިއަދު އަޅުގަނޑުމެންނަށް އޭޓީއެމް ޚިދުމަތް ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް.

މީހުން ދިިރިއުޅޭ ރަށްތަކުގައި ޤާއިމްކުރައްވަމުންދާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެެ. "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢު އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސޮއިކޮށް، ފެށިފައިވާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަހަރުގެ ނިޔަލަށް އޭޓިއެމްތަށް ބެހެއްޓުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން