ޚަބަރު
ބ. މާޅޮހުގައި ބިނާކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

މާޅޮހުގައި ބިނާކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށުން.

ފަރުދުން
14 އޯގަސްޓު 2025، 10:39
14 އޯގަސްޓު 2025، 10:39
ބ. މާޅޮހުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މަރުކަޒުގެ ބިންގާ އަޅުއްވައި ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ، ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙުސާން އެވެ. އެމަނިކުފާނާއެކު، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ، އަދި މާޅޮހު ކައުންސިލުގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ޙާޟިރުވެވަޑައިގެންފައިވެއެވެ.
ބ. މާޅޮހުގައި ބިނާކުރާ ފުލުހުންގެ މަރުކަޒަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިއީ ރާއްޖޭގެ އާބާދުވެފައިވާ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ފަށާފައިވާ މަޝްރޫޢެކެވެ.
ކުރިޔަށް އޮތް އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދުވެފައިވާ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒު ކަމުގައިވީ އިރު، ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްތަކެއްގައި މަރުކަޒުތައް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ވަނީ ފަށާފައެވެ.