Ads by Stelco

ޚަބަރު

ހުޅުމާލޭގައި ޤާއިމްކުރި 10،000 ޓަނުގެ ފެން ރައްކާކުރާ ތާންގި ބޭނުންކުރަން ފެށައިފި

ހުޅުމާލޭގައި ޤާއިމްކުރި 10،000 ޓަނުގެ ފެން ރައްކާކުރާ ތާންގި ބޭނުންކުރަން ފެށައިފި

ހުޅުމާލޭގައި ޤާއިމްކުރި 10،000 ޓަނުގެ ފެން ރައްކާކުރާ ތާންގި ބޭނުންކުރަން ފެށުން

farudhun logo

ފަރުދުން

18 އޯގަސްޓު 2025، 10:29

18 އޯގަސްޓު 2025، 10:29

މާލޭ ވޯޓަރ އެންޑް ސެވަރެޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީން ހުޅުމާލޭގައި ޤާއިމްކުރި 10،000 ޓަނުގެ ފެން ތާންގިގެ މަސައްކަތް ނިންމާ، ބޭނުންކުރަން ފަށައިފިއެވެ. 

ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ، ޑރ. ޢަބްދުﷲ މުއްޠަލިބް އާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު، އަބްދުލް މަތީން މުޙައްމަދެވެ. 

އެމްޑަބްލިއުއެސްސީން ޤާއިމްކޮށްފައިވާ މި ފެންތާނގި އަކީ، ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ފެން ތާންގީއެވެ. މިއާއެކު  މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތިނުވެ ފެން ފޯރުކޮށްދީ، ފެން އުފައްދާ މިންވަރުވެސް އިތުރުވެގެންދާނެއެވެ. އެމްޑަބްލިއުއެސްސީން ވިދާޅުވީ އެ ތާނގީއާއެކު ހުޅުމާލޭގައި ފެން ރައްކާ ކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުވެ، ޖުމްލަ ފެން ރައްކާ ކުރެވޭ މިންވަރު 79 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ. 



ސިނަމާލެ ބްރިޖްމަތިން އަޅާފައިވާ ހޮޅި މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ މިއަހަރުގެ ފެބްރުވަރީމަހުގައި ވަގުތީ ގޮތުން ގުޅާލެވިފައިވުމާއެކު މި ތާނގީގެ ސަބަބުން މާލޭގެ ފެނުގެ ޚިދުމަތަށްވެސް އިތުރު ކުރިއެރުމެއް ލިބިގެން ދާނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ދާދި ފަހުން މާލޭ ސަރަޙައްދުގެ ފެނުގެ ފެން ފޯރުކޮށްދިނުމުގެ ޚިދުމަތް ރަނގަޅުކޮށް ހަރުދަނާކުރުމަށް ދުވާލަކު 10،000 ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ފެން ޕްލާންޓްގެ ޢަމަލީ މަސައްކަތްވެސް  ވަނީީ ފަށާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން