Ads by Stelco

ޚަބަރު

ޞިއްޙީ މަރުކަޒުގެ އައު އިމާރާތާ ގުޅިގެން ޚިދުމަތް ދިނުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ: ރާމިޒް

ޞިއްޙީ މަރުކަޒުގެ އައު އިމާރާތާ ގުޅިގެން ޚިދުމަތް ދިނުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ: ރާމިޒް

ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިދެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޯގަސްޓު 2025، 11:52

19 އޯގަސްޓު 2025، 11:52

މިއަދު ހުޅުވިގެންދިޔަ ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތާއި ގުޅިގެން ޚިދުމަތް ދިނުމުގައި ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަމަށް އެ މަރުކަޒުގެ ސީނިއަރ ކޮމިޔުނިޓީ ހެލްތް އޮފިސަރ ރާމިޒް ހުސެއިން ވިދާޅުވެއްެޖެއެވެ.

ރާމިޒް މިހެން ވިދާޅުވީ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވުމާއި ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެެވެ.

“މިއަދު ހުޅުވިގެންމިދިޔަ އައު އިމާރާތަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެބް ދިޔަ އިމާރާތެއް، އަޅުގަނޑުމެން މިހާރު ބޭނުން ކުރަމުންމިދާ އެކްސްޓެންޝަން އިމާރާތަކީ ކުރީގަ އަޅުގަނޑުމެން ބޭނުންކުރާ އޮފީސް ބައިމީ ޕަބްލިކް ހެލްތް އަށް ވެސް ބޭނުންކުރަމުން އައި އިމާރާތް، އެހެން ކަމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގޮންޖެހުންތައް ކުރިމަތިވަމުންދޭ، މިޕަބްލިކް ހެލްތަކީ އާންމުނާ ގުޅިފައިވާ ދާއިރާއަކަށް ވާތީ އޮފީހުގެ އެހެން މަސައްކަތްތަކާ ޕަބްލިކް ހެލްތްގެ މަސައްކަތްތަކާ އެކުވެގެން ދިޔައިމަ އަޅުގަނޑު މެންނަށް ވަރަށް ދަތި ކައުންސިލިން އާ މިބައިތައް ގެންދަން” ރަމީޒް ވިދާޅުވިއެވެ.

ޞިއްޙީ މަރުކަޒުގެ އައު އިމާރާތާ ގުޅިގެން ޚިދުމަތް ދިނުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެ: ރާމިޒް

ޞިއްޙީ މަރުކަޒު ހުޅުވައިދެއްވުމަށްފަހު އެތަނުގެ ކަންކަން ރައީސް މުޢިއްޒު ބައްލަވައިލެއްވުން

ރަމީޒް އިތުރަށް ވިދާޅުވީ މިހުޅުވުން އައު އިމާރާތުގަ ވަރަށް މުހިންމު ފީޗާރސްތަކެއް ހިމަނުއްވާފަވާކަމަށެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވުމާ ގުޅޭ މަޢުލޫމާތު ދިނުމާ ކައުންސިލިން ދިނުމަށް ސިޒޭޝަން ކްލިނިކެއް ހުންނަކަމަށާއި، މާބަނޑުމީހުންގެ ކްލިނިކުގައި ވަރަށް ފަސޭހައިން ގެންދެވޭ ގޮތައް ކައުންސިލިން ރޫމާއެކު އެބަހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ފެމިލީ ޕްލޭނިންގ ފަދަ ކަންކަމަކީ ވަރަށް ބޮޑަށް ސިއްރު ހިފަހައްޓައިގެން ކުރިއަށް ގެންދަން ޖެހޭ ކަންކަމަށް ވާއިރު އެކަންކަމަށް މަގުފަހިވާގޮތައް އިންތިޒާމްތައް ހަމަޖެހިފައިވާކަން ރާމިޒް ފާހަގަކުރެއްވިއެވެ.

ރާމިޒް ވިދާޅުވީ އައު އިމާރާތުގައި ހިމަނައިފައިވާ ކޮންފަރެންސް ރޫމްގެ ސަބަބުން ޞިއްޙީ މައުލޫމާތު ދިނުމަށް ބާއްވާ ސެޝަންތައް ބޭއްވުމަށް ސްކޫލްގެ އޭވީ ރޫމަށާއި ހޯލަށް ބަރޯސާވާ ބަރޯސާވުން ނިމުމަކަށް އަންނާނެ ކަމަށެވެ. 

ރާމިޒް ވިދާޅުވީ އުންމީދަކީ ހުޅުވިގެން މިދިޔަ އައު އިމާރާތާއެކު ހިމަންދޫގައި ޕަބްލިކް ހެލްތްގެ އައު ޞަފްޙާއެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން