Ads by Stelco

ޚަބަރު

ގޯސްކޮށް ކަން ކުރަމުންދިޔަ ކައުންސިލް ތަކުގެ ސަބަބުން ރަނގަޅަށް ކަން ކުރަމުންދިޔަ ކައުންސިލްތަަކަށްވެސް ދަތިވެއްޖެ: ހުޝާމް

ގޯސްކޮށް ކަން ކުރަމުންދިޔަ ކައުންސިލް ތަކުގެ ސަބަބުން ރަނގަޅަށް ކަން ކުރަމުންދިޔަ ކައުންސިލްތަަކަށްވެސް ދަތިވެއްޖެ: ހުޝާމް

ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް ރައީސް މުޢިއްޒު އަދި މަތިވެރި ދާއިރާގެ މެމްބަރު ޒަރީރް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޯގަސްޓު 2025، 12:40

19 އޯގަސްޓު 2025، 12:40

ގޯސްކޮށް ކަންކަން ކުރަމުން ދިޔަ ކައުންސިލްތަކުގެ ސަބަބުން ރަނގަޅަށް ކަންކަން ކުރަމުންދިޔަ ކައުންސިލްތަަކަށް ވެސް ދަތިވެއްޖެކަމަށް އއ.ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢިލް ވިދާޅުވެެއްޖެއެވެ. 

ހުޝާމް މިހެން ވިދާޅުވީ މިއަދު ރައީސް ޑރ މުޙައްމަދު މުއިއްޒު ހިމަންދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ހުޝާމްގެ ވާހަކަފުޅުގައި ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް މިފަހުން ގެނެވުނު އިސްލާޙާއި ގުޅިގެން ނޫސްބަޔާން ނެރުނު ކައުންސިލްތަކުގެ ތެރޭގައި ހިމަންދޫ ކައުންސިލްވެސް ހިމެނޭނެ ކަމަށެވެ. އަދި ނޫސްބަޔާން ނެރުނު ސަބަބަކީ ކުރިން ކަންކަން ކުރަމުންދިޔަ ފަސޭހަ ކަމާއިއެކު ކަންކަން ނުކުރެވޭނެ ކަމުގެ ބިރު އޮތުން ކަމަށް ހުޝާމް ވިދާޅުވިއެވެ.

ދައުލަތުން ދޫކުރަ ހިލޭ ފައިސާއިން ހިމަންދޫ ކައުންސިލުންވެސް އަހަރަކު އެއްފަހަރު ތަޖުރިބާ ދަތުރެއް ކުރައްވާ ކަމަށާއި، މިދަތުރު ކުރަނީ ކައުންސިލްގެ ސްޓާފުންނަށް ދެވޭ ހިތްވަރުދިނުމުގެ ހަދިޔާއެއްގެެ ގޮތުގައި ކަމަށާއި އެދަތުުރުތަައް ކުރަނީ މެދު ރާއްޖެތެރޭގެ ކޮންމެވެސް ރަށަކަށް ކަމަށެވެ.

އެހެންނަމަވެސް ދިވެހި ރާއްޖޭގެ ބައެއް ރަށްރަށުގެ ކައުންސިލްތައް އެބަހުރި އަހަރަކު ތިން ހަތަރު ދަތުރު ނުވަތަ ފަސް ދަތުރު އަދި ރާއްޖެއިން ބޭރަށްވެސް ދަތުރު ކުރައްވަމުން ގެންދަވާ ކައުންސިލްތައް، ރަނގަޅަށް ކަންކަން ކުރަމުންދިޔަ ކައުންސިލްތަކަށް މިއަދު މިވީ ގޯސްކޮށް ކަންކަން ކުރަމުންދިޔަ ކައުންސިލްތަކުގެ ސަބަބުން ދަތިކަމަކަށް، ގެނެވުނު ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން 
ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢިލް


ހުޝާމް ވިދާޅުވީ ދައުލަތުން ދޭ ހިލޭ ފައިސާއިން ހިމަންދޫ ކައުންސިލުން ކޮށްފައިވާނީ ހިމަންދޫއަށާއި ރައްޔިތުންނަށް ފައިދާވާ އަދި ބޭނުންޖެހިފައިވާ ކަންކަންކަމަށެވެ.

ހުޝާމް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަަށް ގެނެވުނު އައު އިސްލާޙާއި އެކު ކައުންސިލްތަކުގެ ބެލެނިވެރި ފަރާތުން ކަންކަމަށް ހުއްދަ ނަގަން ޖެހުމަކީ މައްސަލައެއް ނުވަތަ ކުރިމަތިވި ދަތިކަމެއް ކަމުގައި އޭނާ ދެކެވަޑައިނުގަންނަވާކަމަށެވެ. 

ހުޝާމް ވިދާޅުވީ ކައުންސިލަރެއްގެ ހައިސިއްޔަތުން 3 ދައުރެއްގައި މަސައްކަތްކުރެވިފައިވާއިރު ވަރަށް ވަރަށް ދަތިކޮށް މަސައްކަތް ކުރެވިފައިވާނެ ކަމަށެވެ. އަދި މިގެނެވުނު އިސްލާޙާއި އެކު ކައުންސިލަރުންގެ މަސައްކަތް ރަނގަޅަށް ކުރިއަށްގެންދިޔުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން