ޚަބަރު
ކޯސްފީ އަދި އެހެނިހެން އެލަވެންސާއެކު މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީތަޢުލީމު ހާޞިލްކުރުމުގެ ފުރުސަތު

މަޖީދިއްޔާ ސްކޫލް މެރިން ސައިންސް ކިޔަވާ ދަރިވަރުން

ފަރުދުން
19 އޯގަސްޓު 2025، 05:41
19 އޯގަސްޓު 2025، 05:41
ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ކޯސްތަކަކީ އެ ވުޒާރާއިން ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާއި ގުޅިގެން ހިންގާ ކޯސްތަކެއް ކަމަށެވެ. މަތީތަޢުލީމް ޙާޞިލް ކުރުމަށް ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި މެރިކަލްޗަރ އަދި މެރިން ސައިންސް ދާއިރާއިން 7 ފުރުސަތު ހުޅުވާލާފައިވެއެވެ. އެއީ މާސްޓާސް ޑިގްރީ ހާސިލުކުރުމަށް 4 ފުރުސަތާއި ބެޗްލާސް ޑިގްރީ ހާސިލުކުރުމަށް 3 ފުރުސަތެވެ. މީގެތެރެއިން ބެޗްލަރސް ޑިގްރީ އިން ފިޝަރީޒް ސައިންސް، ކޯހުގެ ދެ ފުރުޞަތު ވަނީ ހުޅުވާލަފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި މި މި ސްކޮލަރޝިޕްތައް ކުރިއަށްދާނީ އޭޝިއާ، އެސް.ޑަބްލިއު.އައި.އޯ.އެފް.ސީ މެމްބަރު ޤައުމުތަކާއި، އޯ.އީ.ސީ.ޑީ ޤައުމުތަކުގައި ކަމަށްވެސް އެވުޒާރާއިން ވިދާޅުވެފައިވެއެވެ. ހަަމައެއާއެކު މި ސްކޮލަރޝިޕްތަކުގައި ކޯސް ފީގެ އިތުރުން އެހެނިހެން އެލަވަންސްތައް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ކޯސްތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ފޯމު ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. މިއީ މަސްވެރިކަމުގެ ދާއިރާގައި ކުރިއަށް ދިއުމަށް ލިބިގެންދާ ފުރުސަތެކެވެ.