ޚަބަރު
ތިން ރަށެއްގެ މުހިންމު ތަރައްޤީގެ މަޝްރޫތަކެއްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ތިން ރަށެއްގެ ތަރައްޤީގެ މަޝްރޫޢުތައް އެމްޓިސީސީއާ ހަވާލުކޮށްފި: ފޮޓޯ- އެމްޓީސީސީ

ފަރުދުން
20 އޯގަސްޓު 2025، 10:47
20 އޯގަސްޓު 2025، 10:47
ތިން ރަށެއްގައި ކުރިއަށްގެންދާ މުހިންމު ތަރައްޤީގެ މަޝްރޫތަކެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެނޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މީގެ ތެރޭގައި، ރ. ކިނޮޅަހުގެ ވޮލީބޯޅަ ކޯޓާއި ފުޓްސަލް ދަނޑު ތަރައްގީކުރުމާއި، އއ.ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން އއ. ބޮޑުފޮޅުދޫ ހޭންޑް ބޯލް ކޯޓުގެ މަސައްކަތް ހިމެނެއެވެ. ކިނޮޅޮހުގައި ވޮލީބޯޅަ ކޯޓާއި ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިީމް ނިޔާޒްއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ޢަބްދުއްރަހުމާން ޔޫސުފްއެވެ. މި މަސައްކަތަކީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކޮންކްރީޓް އަދި ފާރު ރޭނުމުގެ މަސައްކަތާއި، ޓާފް އެޅުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. ކިނޮޅަހުގެ ވޮލީ ކޯޓު ތަރައްގީ ކުރުމުގެ މަސައްކަތަކީ 1.74 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
ރ. ކިނޮޅަހުގައި ވޮލީ ކޯޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
— MTCC Plc (@MTCCPlc) August 19, 2025
ޕްރެސް ރިލީޒް:https://t.co/r6sxEvASjp pic.twitter.com/gU5FrPNElO
ހިމަންދޫ ބަނދަރުގެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ޢަބްދުއްރަހުމާން ޔޫސުފްއެވެ. ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ. މިއީ 27.51 މިލިއަން ރުފިޔާއަށް 390 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 29,125.29 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއ،ި 168 މީޓަރުގެ ހިލަނެރުގައި ޖެހުމާއ،ި 104 މީޓަރުގެ ހިލަ ރިވެޓްމަންޓެއް ޖެހުމާއި، 16 މީޓަރުގެ އެއްގަމު ތޮށްޓެއް ލުމާއި، 58 މީޓަރުގެ ޖެޓީއެއް ހެދުމުގެ މަސައްކަތް ކުރެވޭނެއެވެ.
އއ. ހިމަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި
— MTCC Plc (@MTCCPlc) August 19, 2025
ޕްރެސް ރިލީޒް:https://t.co/1goEaCzQqg pic.twitter.com/uECzVGYjJ1
އއ.ބޮޑުފޮޅުދޫ ހޭންޑްބޯލް ކޯޓުގެ މަސައްކަތަކީ 1.43 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ފެންސެއް ޖެހުމާއި، ޓާފެއް އެޅުމާއި، ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތައް ކުރެވޭނެއެވެ.
އއ. ބޮޑުފޮޅުދޫ ހޭންޑް ބޯލް ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
— MTCC Plc (@MTCCPlc) August 19, 2025
ޕްރެސް ރިލީޒް:https://t.co/JHTWBovhGo pic.twitter.com/wITGzZfKdX
ވޭ ތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް
ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު
މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި
އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.