Ads by Stelco

ޚަބަރު

މާލެ އަތޮޅު ދެ ރަށެއްގެ ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މާލެ އަތޮޅު ދެ ރަށެއްގެ ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ކ. ކާށިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އެމްޓީސީސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 އޯގަސްޓު 2025، 03:02

22 އޯގަސްޓު 2025، 03:02

މާލެ އަތޮޅު ކާށިދޫ އާއި ހުރާގެ ސިއްޙީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އިއްޔެ އޮތް ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު، މުޙައްމަދު ޖަމްޝީދެވ.ެ އަދި ސިއްޙީ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާއީލް ޢަބްދުالله އެވެ. 

ކ. ކާށިދޫގައި ކުރިޔަށްގެންދާ މަޝްރޫޢުގެ ތެރެއިން، އެ ރަށުގައި 9 އެނދުގެ އިމާރާތެއް ބިނާކުރާނެއެވެ. މީގެ އިތުރުން، ބިންގަނޑާއި ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތަކާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކާއި، ކަރަންޓު ވަޔަރު ކުރުމާއި، މެޑިކަލް ގޭސް ސިސްޓަމާއި އެއަރ ކޮންޑިޝަން އަދި އަލިފާން ނިއްވާ ސިސްޓަމްތައް ހަރުކުރުން ހިމެނެއެވ.ެ 

އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކުރީ 7 މިލިއަން ރުފިޔާއަށް 240 ދުވަސްތެރޭ ނިންމުމަށެވެ. 

ކ. ހުރާގައި އެމްޓީސީސީއިން ޤާއިމްކުރާނީ 16 އެނދު އެކުލެވޭ އިމާރާތެކެވެ. މި މަސައްކަތުގެ ސްކޯޕްގައި ބިންގަނޑާއި، ކޮންކްރީޓް އަދި މޭޝަނަރީ މަސައްކަތްތަކާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތަކާއި، ކަރަންޓު ވަޔަރު ކުރުމާއި، މެޑިކަލް ގޭސް ސިސްޓަމާއި އެއަރ ކޮންޑިޝަން އަދި އަލިފާން ނިއްވާ ސިސްޓަމްތައް ހަރުކުރުން ހިމެނެއެވ.ެ

މި މަޝްރޫޢަކީ 27.23 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވ.ެ

Ads by MSS

މި ލިޔުން ކިޔާލުމުން