ޚަބަރު
ނެއްލައިދޫގައި ޤާއިމްކުރާ އައު މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި

ނެއްލައިދޫގައި ޤާއިމްކުރާ އައު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު

ފަރުދުން
25 އޯގަސްޓު 2025، 03:15
25 އޯގަސްޓު 2025، 03:15
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި އަލަށް އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ހދ.ނެއްލައިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނެއްލައިދޫއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިސްކިތުގައި ސޯލާ ހަރުކުރުމާއި، އޭސީ ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމު ހެދުމަށް ހަމަޖެހިފައިވާކަަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ކެބިނެޓްގެ ވަޒީރުންނާއި، ސަރުކާރު އެކި ކުންފުނިތަކުގެ އިސްވެރިން އަދިި ނެއްލާދޫ މުވައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.