Ads by Stelco

ޚަބަރު

ނެއްލައިދޫގައި 4 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށައިފިން: ރައީސް

ނެއްލައިދޫގައި 4 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށައިފިން: ރައީސް

ރައީސް ނެއްލައިދޫ ރައްޔިތުންނާ މުޚާޠަބުކުރައްވަނީ.

farudhun logo

ފަރުދުން

25 އޯގަސްޓު 2025، 03:35

25 އޯގަސްޓު 2025، 03:35

ހ.ދ. ނެއްލައިދޫގައި 4 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށާއި، އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދެވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އެމަނިކުފާނުގެ ތިލަދުންދެކުނު ދަތުރުފުޅުގެ ތެރެއިން، ނެއްލައިދޫ ރައްޔިތުންނާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.


މިއަދު ޢަމަލީ މަސައްކަތް ފެށިގެން ދިޔަ 4 މަޝްރޫޢަކީ: 

500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް: މިމިސްކިތުގައި މުޞައްލާ (ނަމާދުކުރާ ބައި) ގެ އިތުރުން، ކުތުބުޚާނާއަކާއި، ކްލާސްތަކެއް ހުންނާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތް: މިޢިމާރާތުގެ ބިންގާ މިއަދު އަޅާފައިވާ އިރު، މިޢިމާރާތުން ހަރުދަނާ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިޢިމާރާތުގައި ލެބޯޓަރީގެ ޚިދުމަތް ވެސް ލިބޭނެއެވެ. އައު ޢިމާރާތާއެކު، ނެއްލައިދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ފުޅާކުރެއްވުމަށް އަމާޒުކުރައްވާ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ފިޓްނަސް އެންޑް ރިކްރިއޭޝަނަލް ސެންޓަރ: މި "އެފެ.އާރް.ސީ." ބިނާ ކުރެވިގެން ދިޔުމުން، ނެއްލައިދޫ ޒުވާނުންނަށް ޞިއްޙީ ދުޅަހެޔޮކަމާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ތަނަވަސް ވާނޭ ކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ރާއްޖޭގެ ހުރިހައި ރަށެއްގައި އެފް.އާރް.ސީ. ބިނާކުރެއްވުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ކައުންސިލް އިދާރާގެ ޢިމާރާތް: 100 އެތައް ރަށެއްގައި ކައުންސިލް އިދާރާ ޢިމާރާތް ބިނާކުރުމުގެ މަސައްކަތް ކުރަމުން ދާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭގެ ތެރެއިން 55 އިދާރާއަކީ ޗައިނާގެ ހިލޭ އެހީގައި އަޅައިދޭ ޢިމާރާތްތަކެއް ކަމުގައެވެ.


މިމަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިއަދު ފެށިގެން ދިޔުމާއެކު، ނެއްލައިދޫގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތަކެއް ރޭވިފައިވާ ކަން ރައީސްގެ ވާހަކަފުޅުގައި ހިމެނުއްވިއެވެ. މިގޮތުން، ފުޓްސަލް އަދި ހޭންޑްބޯލް ކުޅެވޭ ފެންވަރު ރަނގަޅު ދަނޑެއް ބިނާކުރުމުގެ މަސައްކަތް ލަސް ވެގެން މިއަންނަ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހު ފެށިގެން ދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. ނެއްލައިދޫ ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު 95% ނިމިފައިވާ އިރު، އެދެޚިދުމަތް ވަރަށް އަވަހަށް އިފްތިތާޙުވެގެން ދާނޭ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ނެއްލައިދޫ ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ގަނުމަށް ރާވަމުން ދާއިރު، އެރަށު ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެއެވެ. މިޢިމާރާތުގައި ޒަމާނީ ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލެއް ހިމެނިގެންދާނޭ ކަން ރައީސް ޑރ. މުޢިއްޒު ފާހަގަކުރެއްވިއެވެ.

ނެއްލައިދޫ ކައިރީގައި އޮންނަ ހިރިނައިދޫ ނެއްލައިދޫގެ ބައެއްގެ ގޮތުގައި ރައީސް މީގެ ކުރީން ކަނޑައަޅުއްވާފައިވާ އިރު، އެރަށުގެ ފައިދާ ލިބިގަތުމަށް ނެއްލަިއދޫ ރައްޔިތުންނަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން