Ads by Stelco

ޚަބަރު

4000 ފްލެޓް ހިމެނޭ ސަރަހައްދުގައި އިތުރު ބަސް ސްޓޮޕެއް

4000 ފްލެޓް ހިމެނޭ ސަރަހައްދުގައި އިތުރު ބަސް ސްޓޮޕެއް

ފޭސް 2 ގައި ޤާއިމް ކޮށްފައިވާ އައު ބަސް ސްޓޮޕް: ފޮޓޯ- އެޗްޑީސީ

farudhun logo

ފަރުދުން

25 އޯގަސްޓު 2025، 03:52

25 އޯގަސްޓު 2025، 03:52

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ފްލެޓް ޤާއިމް ކޮށްފައިވާ ސަރަޙައްދުގައި އިތުރު ބަސް ސްޓޮޕެއް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބަހައްޓައިފިއެވެ.

އެޗްޑީސީން ވިދާޅުވީ މިއީ، ފްލެޓް ލިބޭ މީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރަން ފެށުމުގެ ކުރިން އެ ސަރަހައްދުގައި ބަސް ސްޓޮޕްތައް ޤާއިމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މަސައްކަތް ނިންމާލި ބަސް ސްޓޮޕެއް ކަމުގައެވެ. އެ ސަރަޙައްދުގައި 5 ބަސް ސްޓޮޕެއް އަލަށް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ސްޓޮޕްތަކުގެ މަސައްކަތް އަވަސް ތާރީޚެއްގައި އެއްކޮން  ނިންމާލެވޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ. 

ބަސް ސްޓޮޕްގެ އިތުރުން، އެ ސަރަޙައްދަކީ މަގު ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލަކަށް ހެދުމައްޓަކައި، މަގުތައް މަރާމާތުކުރުމާއި، ދުވާރު ތަރައްޤީކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާކަމަސް އެޗްޑީސީން ވިދާޅުވިއެވެ. އެގޮތުން، މިހާތަނަށް އެއް ބްލޮކްގެ ދުވާރު އެޅުމުގެ މަސައްކަތް ނިމިފައިވާއިރު، މި މަސައްކަތްތަކަކީ އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންކަން ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އެޗްޑީސީން ވަނީ ފާހަގަކުރައްވާފައެވެ.

އަލަށް އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް މީހުން ބަދަލުވުމުގެ ކުރިން ބޭނުންވާ ހުރިހާ އަސާސީ ޚިދުމަތްތަކެއް ޤާއިމްކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތްކުރަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން