ފީއަލީ އައިސްޕްލާންޓް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި
ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާންގަނޑު ފެތުރި، އެރަށު އައިސްޕްލާންޓްގައި ރޯވެ އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް މިފްކޯއިން ވަނީ ހާމަކޮށްފައެވެ.
އަލިފާން ކޮންޓްރޯލްކޮށް މިހާރު ވަނީ އެއްކޮށް ނިއްވާލާފައި
މި ހާދިސާގައި އެ ސަރަޙައްދުގައި ހުރި އިތުރު ދޯންޏަށާއި މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާއިރު، ފުލުހުން ގެންދަނީ މިކަން ތަޙުޤީގު ކުރަމުންނެވެ.
ފިއުލް ޝެޑުގެ ޑިސްޕެންސަރުގައި ވެސް ވަނީ އަލިފާން ރޯވެފައި
އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި ވަނީ އަލިފާން ރޯވެފައެވެ.
ދެ ދޯންޏަކަށާއި ދެ ޑިންގީއެއްގައި ވަނީ އަލިފާން ރޯވެފައި
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި އަލިފާނުގެ ހާދިސާގައި ތެޔޮ ބޯޓުގެ އިތުރުން ދެ ދޯންޏަކަށާއި ދެ ޑިންގީއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފީއަލި ބަނދަރުގައި ހުރި އައިސް ޕްލާންޓުގައި ވެސް ވަނީ އަލިފާން ހިފާފައި
އަލިފާނުގެ ހާދިސާ ހިނގާފައިވާ ސަރަޙައްދުގައި ހުރި އައިސް ޕްލާންޓަށްވެސް އަލިފާނުގެ އަސަރުކޮށް، އެތަނުގައި ވެސް އަލިފާން ރޯވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ހާމަކޮށްފައެވެ.
އަލިފާން ނިއްވުމަށް އެމްއެންޑީއެފްއިން އަންނަނީ ހަރަކާތްތެރިވަމުން
އިތުރު ތިން ދޯންޏަކަށް އަލިފާންގަނޑު ފެތުރިފައިވޭ
ފީއަލި ބަނދަރުގައި އޮތް ތެޔޮ ދޯނީގެ އިތުރުން، ފާނައިގެ މަސްވެރިކަން ކުރާ ދެ ދޯންޏާއި ވެލި އުފުލަން ބޭނުންކުރާ ދޯންޏެއްގައި ރޯވެފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
ބަންގްލަދޭޝްގެ މީހަކު ވަރަށް ބޮޑަށް ފިހިއްޖެ
ތެޔޮ ދޯނީގައި މަސައްކަތްކުރަމުން ދިޔަ ބަންގްލަދޭޝްގެ މީހަކު މި ހާދިސާގައި ވަރަށް ބޮޑަށް ފިހިފައިވެއެވެ. އެ މީހާއަށް މިހާރު އަންނަނީ ފީއަލި ޞިއްޙީ މަރުކަޒުގައި ފަރުވާދެމުންނެވެ.