"އަދަދު" ނޫހުން އެ ކުރަނީ ސިޔާސީ މަސައްކަތެއް
"މީގެ ކުރިން "އަދަދު" ނޫހުން އޮން-އެއާރގައި ބުނެފައިވޭ، އެ ނޫހަކީ ސަރުކާރާ އިދިކޮޅު ނޫހެކޭ. އަދި ކައުންސިލް އިންތިހާބަށް ކުޑަތަންވުމާ ހަމައަށް އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ފެށެންދެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްކުރީ "އަދަދު" ނޫހުން. އެހެންނަމަވެސް މި ސަރުކާރަކީ ނޫސްވެރިންނާ އެންމެ ގާތުން މަސައްކަތްކުރާ ސަރުކާރު"، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު ޝިޔާމް
ޕީއެންއެފްގެ ތެރެއިން މަޢުލޫމާތު ލިބޭގޮތުގައި މުޒާހަރާގައި ހަޑިހުތުރު ބަސްތައް ބޭނުންކުރަން ވިދާޅުވަނީ ރައީސް ޔާމީން
އަޅުގަނޑުމެންގެ ޕާޓީ އޮފީސް ކުރިމަތީގައި ކޮންމެ ރެއަކު ހަޑިހުތުރު ބަހުން އަވަގުރާނަ ގޮވާ، ނުބައި އެއްޗެހި ގޮވަމުން އެބަގެންދޭ ޕީއެންއެފް ކިޔާ ކުޑަކުޑަ ޕާޓީއެއް. މިކަމާ ގުޅިގެން ކައިރި ސަރަޙައްދުގެ ބޭފުޅުންނަށް ވެސް ވަރަށް އުނދަގޫވޭ. ޚާއްޞަކޮށް އޯލެވެލްއަށް ތައްޔާރުވާ ކުދިންނަށް މިކަމާ ގުޅިގެން ވަރަށް އުނދަގޫވޭ. އަޅުގަނޑުމެންނަށް ޕީއެންއެފްގެ ތެރެއިން މަޢުލޫމާތު ލިބޭގޮތުގައި މުޒާހަރާގައި ހަޑިހުތުރު ބަސްތައް ބޭނުންކުރަން ވިދާޅުވަނީ ރައީސް ޔާމީން. މިއީ ވަރަށް ޒިންމާދާރުކަން ކުޑަ ކަންކަން"، ބާރަށު ދާއިރާގެ މެންބަރު ޝުޖާއު
ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައި "އަދަދު" ނޫހުން ހެދި ޑޮކިއުމެންޓްރީއަކީ %100 ދޮގެއް
"އަޅުގަނޑަށް ހަތިމުގަ އަތްލާފައި ވެސް ހުވާކުރަން ކެރޭވަރު ކަމެއް އެއީ، އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ގޮތުން "އަދަދު" ނޫހުން އެ ދައްކާ ވާހަކައަކީ ދޮގެއްކަން. އެއީ %100 ދޮގެއް." ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާޙިމް ފަލާޙް
މީގެ ކުރިން ރައްޔިތުންނާ މިހާ ކައިރިން އެއްވެސް ވެރިއަކު މަސައްކަތެއް ނުކުރައްވާ
"ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގެ ދައުރު ދެބައިވިއިރު، މިހާރު ހުރިހާ ރަށަކަށް ވަޑައިގެންފި، އަދި ބައެއް ރަށްރަށަށް ނޫނީ ސިޓީތަކަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު ވަޑައިގެންފި. ހުރިހާ ރަށެއްގެ ކައުންސިލްތަކާ ބައްދަލުކުރައްވައިފި.
ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ބިންގަލަކީ، ލާމަރުކަޒީ ނިޒާމެއްގައި ލާމަރުކަޒީ ސެޓަޕްތައް ހެއްދެވުން. އެ މަސައްކަތްތައް މިދަނީ ވަރަށް ބާރަށް ކުރިޔަށް"، ވަޒީރު ސައީދު
ވެރިކަންކުރާ ޕާޓީއިން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރާ ގޮނޑިއެއް ހުސްވުމުން އަންގައިދެނީ ރާއްޖޭގެ ޖުޑީޝަރީއަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ނުފޯރުވާނެކަން
"މިކަމުން ދޭހަވަނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ އިންސާފުގެ ދާއިރާއަށް އަތްބާނާނެ ވެރިއެއް ނޫންކަން. އަދި މި ޤައުމުގައި، ހައްގު ގޮތުގައި، މިނިވަންކަމާއެކު ޤާނޫނުތައް ތަންފީޒު ކުރުމުގެ މިނިވަންކަން އޮތްކަން." ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާޙިމް ފަލާޙް
ސިނާން ބައި-އިލެކްޝަންގައި ވާދަނުކުރައްވަން ނިންމެވި ނަމަވެސް ކެމްޕެއިންގައި "ގަދަކޮށް" ހުންނަވާނެ
ކޯޓު މަރުހަލާއަކަށް ފަހު ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ގެއްލުނު މުޙައްމަދު ސިނާން، އެ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ޓިކެޓު ކާމިޔާބުކުރެއްވުމަށްފަހު، އެ ބޭފުޅާ އެ ގޮނޑިއަށް ވާދަކުރެއްވުމަކީ ޕާޓީއަށް އެންމެ ފައިދާހުރި ގޮތް ނޫންކަމަށް ވިދާޅުވެ ފަހަތަށް ޖެހިވަޑައިގެންނެވިޔަސް، ސިނާން ހުންނެވީ ޕާޓީއާއެކު "ގަދަކޮށް"ކަމަށް ޕީއެންސީގެ ފަރާތުން ހާމަކޮށްފި. އެގޮތުން ބައި-އިލެކްޝަންގެ ކެމްޕެއިންގައި ވެސް ސިނާން ބައިވެރިވެވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައި.
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާނީ އަޙްމަދު ސަޢީދު
ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ކޮންގްރެސް ޕާޓީގެ ޓިކެޓު ކާމިޔާބުކުރެއްވި މުޙައްމަދު ސިނާން، އެ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވުމާ ގުޅިގެން، ޕްރައިމަރީގައި ދެން ވާދަކުރެއްވި ދެން ވާދަކުރެއްވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަޙްމަދު ސަޢީދަށް ކޮންގްރެސް ޕާޓީގެ ޓިކެޓު ދޭން ނިންމައިފި.
އދ. މަންދޫ ކައުންސިލްގެ އަންހެން މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވި، އަލްފާޟިލާ ޝަހީމާ ޝިހާބު ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންފި
"އަޅުގަނޑު އެމްޑީޕީގެ ޓިކެޓުގައި ނިކުތް ނަމަވެސް ޕީއެންސީއާ ގުޅުނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވާތީ. އަދި ޕީއެންސީއާ ގުޅިގެން ރަށަށް ފައިދާހުރި ކަންކަން ކުރުމުގައި ދެމިހުންނާނަން"، އަލްފާޟިލާ ޝަހީމާ ޝިހާބު