Ads by Farudhun

ޙައްޖުގެ މަތިވެރި އަޅުކަން 1447

LIVE
ޙައްޖުގެ މަތިވެރި އަޅުކަން 1447

ޙައްޖު 1447، ފޮޓޯ: ފަރުދުން

farudhun
ފަރުދުން 18 މޭ 2026، 09:09

މި ބްލޮގުގައި "ފަރުދުން" ނިއުސް ޓީމުން ގެނެސްދޭނީ، 1447ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމާ ގުޅޭ އެންމެހާ އުސްއަލިތަކެވެ.

އަޕްޑޭޓްތައް 8
8 ޓްވީޓް
1 ގަޑި ކުރިން
ތިންވަނަ ފްލައިޓުން ދިޔަ ހުރިހާ ޙައްޖުވެރިން ހޮޓަލަށް ގޮސްފި.
7 ފޮޓޯ
1 ގަޑި ކުރިން
ތިންވަނަ ފްލައިޓުން ދަތުރުކުރި ޙައްޖުވެރީންނަށް ސަޢުދީގައި ތިބި ޙައްޖު މިޝަނުން މަރުޙަބާ ކިޔުން
Update image
ޙައްޖުވެރީންގެ ތިންވަނަ ފްލައިޓަށް މަރުޙަބާ ކިއުން / ފޮޓޯ: ދިވެހިރާއްޖޭގެ ޙައްޖު މިޝަން
6 ލިޔުން
11 ގަޑި ކުރިން

ޙައްޖުވެރިންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މައްކާ ހޮޓަލުގައި ޚާއްޞަ ކްލިނިކެއް ވަނީ ޤާއިމްކޮށްފައި

މި ކްލިނިކް ޤާއިމްކޮށްފައި ވަނީ މައްކާގައި ހުންނަ ހައްޖު ކޯޕަރޭޝަންގެ ހޮޓަލުގައެވެ. މި ކްލިނިކަކީ ސަޢުދީ ނޭޝަނަލް ހޮސްޕިޓަލާއެކު ގުޅިގެން ޙައްޖު ކޯޕަރޭޝަނުން ދޭ ޚިދުމަތެކެވެ. އެގޮތުން، ޙައްޖުވެރިއަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ޙާލަތުގައި ސަޢުދީ ނޭޝަނަލް ހޮސްޕިޓަލުގެ އެހީތެރިކަން ލިބޭނެކަމަށް ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.
5 ލިޔުން
11 ގަޑި ކުރިން

ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް ސައުދީއަށް ފުރީ މެއި 15ގައި

ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓުގައި 235 ޙާޖީން ވަނީ ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ.
4 ލިޔުން
11 ގަޑި ކުރިން

މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން، ދަތުރުގެ ކަންކަން ފަސޭހަކޮށްދިނުމަށް ސައުދީގެ ޓީމެއް ރާއްޖެ އައިސްފައިވޭ

މީގެ ކުރިން ދިގު ދަތުރަކަށްފަހު ޖިއްދާ އެއަރޕޯޓަށް ފައިބައި، އިމިގްރޭޝަން ކިއޫގައި މަޑުކޮށް، އަދި ލަގެޖް ހޯދުމުގައި ޙައްޖުވެރިން އިންތިހާއަށް ވަރުބަލިކަން ތަހައްމަލު ކުރަންޖެހެއެވެ. ނަމަވެސް، މައްކާ ރޫޓްގެ ދަށުން ސައުދީ އަރަބިއްޔާއިން އައި ޓީމުގެ އެހީތެރިކަމާއެކު އިމިގްރޭޝަން ކަންކަން ފުރިހަމަ ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުންނެވެ.
3 ލިޔުން
11 ގަޑި ކުރިން

ޙައްޖުވެރިންނާއި އެހީތެރިން އެއާޕޯޓަށް ދިއުމަށް މި އަހަރުވެސް ބަހުގެ ޚިދުމަތް ދީފައިވޭ

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، އެ ވުޒާރާއިން އިސްނަގައިގެން، ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން، ޙައްޖާޖީން ފުރުމުގެ ކުރިން މި އިންތިޒާމުތައް ހަމަޖައްސާފައިވާނެކަމަށެވެ.
2 ލިޔުން
11 ގަޑި ކުރިން

މައްކާ ރޫޓު އިނިޝިއޭޓިވްގެ ދަށުން، ޖިއްދާގައި ލަގެޖުތައް އުފުލުމަށް މިދިޔަ އަހަރަށް ވުރެ ފަސޭހަ އިންތިޒާމުތަކެއް އޮތީ ހަމަޖެހިފައި

ސައުދީ އަރަބިއްޔާގެ ސައުދީ ޕޯސްޓުގެ ދަށުން ހިންގާ ސުބުލް އޮތޯރިޓީއާ ގުޅިގެން، ލަގެޖުތައް އެއާރޕޯޓުން ހޮޓަލަށް ގެންދިއުމަށް ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް، ޙާޖީން ޖިއްދާއަށް ދިއުމުގެ ކުރިން އޮތީ ހަމަޖެހިފައެވެ. އެގޮތުން ދިވެހި ޙައްޖާޖީންގެ ލަގެޖު ޖިއްދާ އެއަރޕޯޓާއި ހޮޓަލާ ދެމެދު އުފުލުމުގެ ކަންކަމުގައި ޙާޖީންނާއި ޙައްޖު ކޯޕަރޭޝަނަށް އެއްވެސް ވަގުތެއް ހުސްކުރާކަށް ނުޖެހޭނެއެވެ.
1 ލިޔުން
11 ގަޑި ކުރިން

މި އަހަރުވެސް ޙައްޖުގެ ހުރިހާ އިންތިޒާމެއް ކުރިޔަށްދަނީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން

މައްކާ ރޫޓް އިނިޝިއޭޓިވްއަކީ ހަމައެކަނި ނިސްބަތުން ގިނަ ޙައްޖުވެރިން ދަތުރުކުރަމުންދާ ޤައުމުތަކަށް ހަމަޖައްސައިދޭ އިންތިޒާމްތަކެކެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ރާއްޖެއަށް މި އިންތިޒާމްތައް ހަމަޖެހުނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުންކަމަށް ސަރުކާރުން ވަނީ ކުރިން ހާމަކޮށްފައެވެ.